logologologologo
STO
ޚަބަރު

މި ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ ދައްކަނީ ނަތީޖާ ނެރެވޭ ގޮތަށް: ރައީސް

މި ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ ދައްކަނީ ނަތީޖާ ނެރެވޭ ގޮތަށް: ރައީސް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 05

މި ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ވަކާލާތުކުރަނީ ނަތީޖާ ނެރެވޭ އަދި ވަށާޖެހޭ ގޮތެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

"ޕަލްސް" ގެ ނަމުގައި ސަރުކާރުން ފެށި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު ހާއްސަކުރީ ތިމާވެށީގެ ދާއިރާއަށެވެ. 

ސަރުކާރުން ކުރިއަށް ދާނީ ތަރައްގީ އާއި ތިމާވެށި ގުޅިލާމެހިގެންދާ ގޮތަށް ކަމަށާއި، ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި ނާޒުކު ތިމާވެށި ހިމާޔަތްކުރެވި އަދި ދުނިޔޭގެ އެހެން ގައުމުތަކުން އެކަމަކަށްޓަކާ ރާއްޖެ އިން މިސާލު ނަގަން ބޭނުންވާނެ ގޮތަށް ކަމަށް ރައިސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މަސްވެރިކަމަށް އެން ބޭނުންވާއިރު ތަަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އެންވެރިކަމަށް އަސަރުކުރާ ކަމަށެވެ. އެހެންވެ އެންވެރިކަން ނުގެއްލޭނެ ގޮތަށް ސަރުކާރުން ޕްރޮގްރާމުތައް ކުރިއަށް ގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ތިމާވެށި ހިމާޔަތްކުރަން ވާހަކަ ދައްކަނީ ނަތީޖާ ނެރޭވެނެ ގޮތަށް ކަމަށާއި ކުރީ ސަރުކާރުތަކުގައި އެކަމަށް ސަމާލުކަން ދީފައިނުވާ ކަމަށެވެ. 

"މި ސަރުކާރުން ތިމާވެށި ހިމާޔަތްކުރަން ވާހަކަ ދައްކަނީ ވަރަށް ޕްރެކްޓިކަލްކޮށް ނަތީޖާ ނެރެވޭގޮތަށް ވަށާޖެހޭ ގޮތަށް. މީގެ ކުރީގައި އެ ސަމާލުކަން ދެމިފައި ނެތޭ. ހަމައެކަނި ތަރައްގީގެ މަސައްކަތް ތިމާވެށި ހިމާޔަތްކުރުމުގެ އެއް ބައި މި ކުރިއަށް ގެންދަނީ،"  އެ މަނިކުފާނު ވިދާޅުވި އެވެ. 

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގޮނޑުދޮށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށާއި ބައެއް ގެތައް ވެސް މޫދަށް ވެއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ ވަރަށް ގިނަ ރަށްތަކެއް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަަޝްރޫއު މިވަގުތު ވެސް ކުރިއަށް އެބަދާ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ވެސް ފެހިކަން އިތުރު ކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ އެމްޓީސީސީއާ ހަވާލުކޮށްގެން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުންނެވެ. އެ ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ކުރަނީ ކުރިއަށް ވުރެ ވެސް ހިތްގައިމުކޮށް ގިނަ ގަސްތަކެއް އިންދައިގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށީ ޖޫން 5، 2024 ގައެވެ. އެ ޕްރޮގްރާމް ފެށިތާ މިއަދަށް ދެ އަހަރުވެގެން ދިޔައިރު، މިހާތަނަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ 1.5 މިލިއަނަށް ވުރެ ގިނަ ގަސް އިންދައިފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ޖުމްލަ އެއް މިލިއަން ގަސް އިންދައި އަންނަ އަހަރު 1.5 މިލިއަން އަދި 2028 ގެ ނިޔަލަށް އެއް މިލިއަން ގަސް އިންދުމެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް