logologologologo
STO
ޚަބަރު

ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތަށް ހުއްޓުމެއް ނެތް، އިތުރު 7 މީހުން ހިފަހައްޓައިފި

ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތަށް ހުއްޓުމެއް ނެތް، އިތުރު 7 މީހުން ހިފަހައްޓައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 05

ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތަށް ހުއްޓުމެއް ނެތި ކުރިއަށް ގެންދާއިރު، އިތުރު 7 މީހުން ހިފަހައްޓައި އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ޓާސްކް ފޯހުން އިއްޔެ ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ މި އޮޕަރޭޝަނުގައި 6 ސަރަޙައްދަކުން ޖުމްލަ 17 ބިދޭސީއަކު ޗެކްކޮށްފައިވާއިރު، ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ވެރިކަމާ ހަވާލުވިއިރު ކާކުކަން ދެނެގަނެވޭ ގޮތަށް ތިބީ އެންމެ 13 އިންސައްތަ ބިދޭސީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މޭ މަހު ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޞައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގާ ނިމިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފަށައިގެން މިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައި އެ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވެއެވެ.

ޤަވާޢީދާ ޚިލާފަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކޮށް، ވިޔަފާރިކޮށް، ދިރިއުޅެމުން އަންނަ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މި މައްސަލަ ހައްލުކުރެއްވުމަށް ރޭވުންތެރިކަމާއިއެކު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވަނީ ހަމައެކަނި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް