logologologologo
STO
ޚަބަރު

ވެރިކަމާ ހަވާލުވިއިރު ކާކުކަން ދެނެގަނެވޭ ގޮތަށް ތިބީ އެންމެ 13 އިންސައްތަ ބިދޭސީން: ރައީސް

ވެރިކަމާ ހަވާލުވިއިރު ކާކުކަން ދެނެގަނެވޭ ގޮތަށް ތިބީ އެންމެ 13 އިންސައްތަ ބިދޭސީން: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 09

ވެރިކަމާ ހަވާލުވިއިރު ކާކުކަން ދެނެގަނެވޭ ގޮތަށް ތިބީ އެންމެ 13 އިންސައްތަ ބިދޭސީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ޞައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގާ ނިމިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކާކުކަން ދެނެގަނެވޭ ގޮތަށް މަޢުލޫމާޓު އެއްކުރެވިފައި ތިބި މީހުންގެ އަދަދު އެމަނިކުފާނު، 17 ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވިއިރު ހުރީ އެންމެ 13 އިން ސައްތައިގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށިއިރު ބިދޭސީންގެ ތަފާސް ހިސާބެއް، އެއްވެސް މަޢުލޫމާތެއް ނެތް ކަމަށާއި "ކުރަނގި އޮޕަރޭޝަން" ފަށައިގެން މިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައި އެ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ.

ޤަވާޢީދާ ޚިލާފަށް ރާއްޖޭގައި ގިން އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކޮށް ދިރިއުޅެމުން އަންނަ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މި މައްސަލަ ހައްލުކުރެއްވުމަށް ރޭވުންތެރިކަމާއިއެކު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަން ގިނަ ބަޔަކު ފާހަގަކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

MALDIVE GASAllied Insurance
އިތުރަށް