logologologologo
STO
ޚަބަރު

ރައީސް އޮފީހުން 233 އާރްޓީއައި އަށް ޖަވާބު ދީފި

ރައީސް އޮފީހުން 233 އާރްޓީއައި އަށް ޖަވާބު ދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 07

ރައީސް އޮފީހަށް ލިބުނު 288 އާރްޓީއައިގެ ތެރެއިން 233 އާރްޓީއައިއަކަށް ޖަވާބު ދީފައިވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، އާރްޓީއައިތައް ހުށަހަޅާ ފަރާތްތަކުން ކާކުކަން ނޭނގޭ ގޮތަށް ވަރަށް ގިނައިން އާރްޓީއައި ހުށަހަޅާ ކަމަށާއި އަދި މައުލޫމާތު ހޯދަން ބޭނުންވާ ތަންތަން ނޫން އެހެން ތަންތަނަށް ވެސް އާރްޓީއައި ފޮނުވަމުން އަންނަ ކަމަށެވެ.

އެކަންކަން އެގޮތަށްވުމުން ހޯދަން ބޭނުންވާ މައުލޫމާތު ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެކަން ފާހަގަކުރައްވައި މުންދު ވަނީ ރައީސް އޮފީހަށް ހުށަހެޅިފައިވާ އާރްޓީއައިގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން 31 ޑިސެމްބަރު 2025 އިން ފެށިގެން މިމަހުގެ 1 ވަނަ ދުވަހާއި ދެމެދު 180 އާރްޓީއައި ލިބި، 170 އާރްޓީއައިއަށް ޖަވާބު ދީފައިވާ ކަމަށް މުންދު ވިދާޅުވިއެވެ. އަދި މިއަހަރުގެ ޖެނުއަރީ 1 އިން މިހާތަނަށް 106 އާރްޓީއައި ލިބިފައިވާއިރު، 63 އާރްޓީއައިއަށް ޖަވާބު ދީފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.

"އެހެންމަ ޖުމްލަ 288 އާރްޓީއައި ރައީސް އޮފީހަށް މިދެންނެވި މުއްދަތުގައި ލިބި، 233 އަށް ޖަވާބު ދެވިފަ ފެންޑްވެފައިވަނީ މިއިނީ 55" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ޖާވާބު ނުދެވި ހުރި 55 އާރްޓީއައިގެ ތެރޭގައި މިހާރު ވެސް މައުލޫމާތު އެއްކުރަމުން އަންނަ ޖަވާބު ދެވޭނެ އާރްޓީއައިއާއި، ވަގުތުން ޖަވާބު އަރުވަން އުނދަގޫ އެހެން ނަމަވެސް ޖަވާބު އެރުވޭނެ އާރްޓީއައި ހުރި ކަމަށެވެ.

MALDIVE GASAllied Insurance
އިތުރަށް