އޮޕަރޭޝަން ކުރަނގި ވަރަށް ކާމިޔާބު، ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ގަވައިދަށް ފައްތަން ނުވަތަ ގައުމަށް އަނބުރާ ފޮނުވާލަން ސަރުކާރުން ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ފެށި އިރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގަވައިދާ އެއްގޮތަށް ތިބީ އެންމެ 28 ޕަސެންޓް މީހުން ކަމަށާއި އޮޕަރޭޝަނާ އެކު މިހާރު އެ އަދަދު 62 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.
އިހުސާން ވިދާޅުވީ 2024 ވަނަ އަހަރުގެ މޭ މަހު ކުރަނގި އޮޕަރޭޝަން ފެށި އިރު ވޯކްޕާމިޓް ފީ ނުދެއްކުން ނުވަތަ ވިސާއެއް ނެތި ތިބުން ފަދަ ކޮންމެވެސް އެއް ކެޓަގަރީއަކަށް ފެތޭ 148،417 ބިދޭސީން ރާއްޖޭގައި ތިބި ކަމަށް ލިޔެކިއުންތަކުން ފެންނަން އޮތް ކަމަށެވެ. ނަމަވެސް އެ އެންމެން ރާއްޖޭގައި ތިބިކަން ނުވަތަ ނޫންކަން އޭރު ކަށަވަރު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ފުރިހަމައަށް ޑޮކިއުމެންޓް ދައްކައި ލާރިދައްކާފައިވާ މީހުންގެ އަދަދުވަނީ 62 އިންސައްތައަށް އިތުރުކޮށްފައި. މީގައި ނުހިމެނޭ އިއްޔެއާއި ހިސާބަށް ވޯކް ޕާމިޓް ފީ ނުދެއްކި މިއަދު ދެއްކި ފަރާތްތައް. އެއް ދުވަހުގެ ވިންޑޯއެއް އިނަސް ނުހިމެނޭނެ. މިއީ 100 އިންސައްތަ ޔަގީން ނަންބަރެއް." އިހުސާން ވިދާޅުވިއެވެ.
މިދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތުން ގާތްގަނޑަަކށް 206،000 މީހުންގެ ފިންގާ ޕްރިންޓް ނަގައި ފުލް އެކައުންޓަބިލިޓީއެއް ނަގާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އަދި މި ވަގުތު ފިންގާ ޕްރިންޓް ނުދީ 2933 ބިދޭސީން އެބަތިބި ކަމަށާއި އެއީ ކޮންބައެއްކަން ވަނީ ދެނެގަނެވިފައި ކަމަށް ވިދާޅުވިއެވެ.
" މެއި މަހުގެ ދެވަނަ ދުވަހަކީ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފޭސް ފަށާނެ ދުވަސް. އެ ތާރީހުން ފެށިގެން ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ނުގަވައިދުން އުޅޭ ބިދޭސީން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ހޯދައި އެ މީހުން ހައްޔަރުކޮށް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނަން. އަދި ފީ ނުދައްކާ އުޅެނި ފުލުހުންނާއި ދިމާވެއްޖެނަމަ ވަގުތުން ހައްޔަރުކޮށް ޑީޕޯޓްކޮށްލާނެ." އިހުސާން ވިދާޅުވިއެވެ.
އެހެންކަމުން އިހުސާން ވަނީ ކޮންމެ ފަރާތެއް ވެސް އެ ފަރާތެއްގެ ދަށުން މަސައްކަތްކުރަުންދާ ބިދޭސީންގެ ވޯކް ޕާމިޓާއި ވިސާގެ ސްޓޭޓަސް ރަނގަޅަށްބަލައި، ވިސާ ފީތައް ދުވަހުން ދުވަހަށް ދެއްކުމަށް އެދިފައެވެ. އަދި ގަވައިދާ އެއްގޮތަށް ބިދޭސީން އުޅުމަށް ވެސް އެދިފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
