ރައީސް 2 އަހަރުން ކާމިޔާބުކުރެއްވީ ކުރީ ސަރުކާރުތަކަށް ނުކުރެވުނު ކަމެއް: އިހުސާން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 2 އަހަރު ދުވަހުގެ ތެރޭގައި އަދުގެ ސަރުކާރުން ހާސިލްކުރެއްވީ މީގެ ކުރީ ސަރުކާރުތަކަށް ހާސިލު ނުކުރެވުނު ކާމިޔާބީއެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، "އޮޕަރޭޝަން ކުރަނގި"ގައި ލިބިފައިވާ ކުރިއެރުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ތިބެގެން މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %98 މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ނިމިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ %13 ކަމަށެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރާ މި މަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ކަމަަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅިވިއެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ، މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަކީ ގައުމީ ބޮޑު އިސްކަމެއް ދޭންޖެހޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސް، އެ ވުޒާރާއާ ހަވާލުކުރެއްވި ކަމަށެވެ.
އަދި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، އެ ވުޒާރާގެ ޓީމާއި، ދައުލަތުގެ ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކަކުން މި މުހިންމު މަގުސަދު ހާސިލުކުރުމަށްޓަކައި ވަރުބަލިކަމެއް ނެތި، ނުގުޑާފަދަ އަޒުމަކާއެކު ވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)