ތުރާކުނުގައި އަޅާ މިސްކިތުގެ %88 މަސައްކަތް ނިމިއްޖެ

ހއ. ތުރާކުނުގައި އަޅާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެެެއެވެ.
މި މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތަކުގެ 95 އިންސައްތަ މިހާރު ނިންމާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ހަތަރުވަނަ ދުވަހެވެ. މި މަޝްރޫއުގެ ދަށުން އެރަށުގައި 300 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އާ މިސްކިތެއް ބިނާކުރެވޭނެއެވެ.
މި މަޝްރޫއުގެ ޖުމްލަ 88 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަސައްކަތަކީ 10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އިތުރަށް





.gif.gif&w=828&q=100)