ތާވަލަށްވުރެ އަވަސް، ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ 95 އިންސައްތަ ނިންމައިފި

ތާވަލަށްވުރެ އަވަހަށް މަސައްކަތް ކުރިއަށް ގެންގޮސް ނައިފަރު ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 95 އިންސައްތަ ނިންމައިފިއެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ، ނައިފަރު ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް، ބައްލަވާލެއްވުމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު ވަނީ ނައިފަރަށް ޒިޔާރަތް ކުރައްވައިފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޔާސީން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތަށް ބޭނުންވާ ހިލަ މިހާރު ވަނީ ނައިފަރު ސައިޓަށް ގެންދެވިފައި ކަމަށާއި މުޅި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ތާވަލަށްވުރެ އަވަހަށް މި މަޝްރޫޢު ކުރިއަށްދާކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

މި މަޝްރޫޢުގެދަށުން 2،297،510 ކިއުބިކް މީޓަރުގެ ބިން ހިއްކާ އެ ސަރަހައްދު ހިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖަހަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ނައިފަރު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު 25 ގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ.އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ނައިފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
އިތުރަށް





.gif.gif&w=828&q=100)
