
ސަރުކާރުގެ ޓެކްސީ ލައިނުގެ ޚިދުމަތް އޭޕްރީލް 9 އަކާއި ހަމައަށް ހިލޭ ފޯރުކޮށްދޭން ނިންމައިފި!
ޒައުޖަތު އަޙުމަދުސަރުކާރުގެ ޓެކްސީ ލައިނުގެ ޚިދުމަތް މިއަދުން ފެށިގެން އޭޕްރީލް 9 އަކާއި ހަމައަށް ހިލޭ ފޯރުކޮށްދޭން އެމްޓީސީސީން ނިންމައިފިއެވެ.
މާލޭ ޓެކްސީ ލައިނުގެ ނަމުގައި ސަރުކާރުގެ ޓެކްސީ ލައިން އިފްތިތާޙު ކުރީ އިއްޔެގައެވެ.
އެ ކުންފުނިން ބުނީ އޭޕްރީލް 2 ވަނަ ދުވަހު އިފްތިތާޙް ކުރެވުނު ޓެކްސީ ލައިނުގެ ޚިދުމަތް، އޭޕްރީލް 3 ން ފެށިގެން 9 އަށް ހިލޭ ފޯރުކޮށް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ، މި މުއްދަތުގައި ހިލޭ ޚިދުމަތް ދިނުމުގެ ބޭނުމަކީ، ޓެކްސީ ލައިނުގެ ޚިދުމަތުން އަގު ނެގުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުން ކަމަށެވެ.
"އެހެންކަމުން މި މުއްދަތުގައި 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރު ބުކްކޮށް ޚިދުމަތް ހޯދުމަށް ހުރިހާ ކަސްޓަމަރުންނަށް ފުރުޞަތު ހުޅުވާލަމެވެ." އެ ކުންފުނިން ބުނެފައިވެއެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ.
މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚިދުމަތް ފޯރުކޮށްދޭ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރޓ) އަޙްމަދު ސައުދީ ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނޭ ޚިދުމަތެއްކަމުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވަނީ، މި ފެށި ޚިދުމަތުގެ ސަބަބުން، މިހާރުވެސް ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޚިދުމަތް ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި އަހަރުގެ ތެރޭގައި، އައްޑޫ ސިޓީގައިވެސް މި ޚިދުމަތް ތަޢާރަފުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ގިނަ ބަޔަކު ބޭނުންވެގެން ތިބި، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކޮށްފި2026 އޭޕްރީލު 02
މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާކުރަން އެމްޓީސީސީއާ ހަވާލުކޮށްފި2026 އޭޕްރީލު 01
މާފުށްޓާއި ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖްގެ މަސައްކަތް ފަށައިފި2026 މާރިޗު 01
ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ސެގްމެންޓު ނިންމާ ރޯދައަށް މަގު ހުޅުވާލަން ތައްޔާރުވަނީ!2026 ފެބްރުއަރީ 11