logologologologo
STO
ޚަބަރު

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތަޢާރަފްކޮށް އަގު ނަގަން ފަށައިފި

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތަޢާރަފްކޮށް އަގު ނަގަން ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 18

15 ދުވަހު ހިލޭ ދަތުރު ކުރުމަށްފަހު މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތަޢާރަފްކޮށް އަގު ނަގަން ފަށައިފއެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތަކީ އެމްޓީސީސީން ދެމުން އަންނަ ޚިދުމަތެކެވެ. އެކުންފުނިން މިހާރު ވަނީ އެ ޚިދުމަތް ހަރުދަނާކުރުމުގެ ގޮތުން ޚިދުމަތުގެ ރަސްމީ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށާފައެވެ.

އެމްޓީސީސީން ބުނީ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށާއި http://mtl.mtcc.mv ލިންކް މެދުވެރިކޮށް ވެބްސައިޓަށް ވަދެ، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން ނިންމާލެވޭނެ ކަމަށެވެ.

ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލޭ ޓެކްސީ ލައިންގެ އަގުތައް ހަމަޖައްސާފައި ވަނީ ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށް އެކުންފުނިން ބުންޏެވެ.

މާލެ ޓެކްސީގެ ކާރުތަކުން މަގުމަތިން އަތް ނަގައިގެން ދަތުރެއް ނުނަގާނެ ކަމަށާއި އެންމެ ބޮޑު ސަބަބަކީ، މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޓްރެކްކޮށް، މޮނިޓަރކޮށްގެން ރޭވުންތެރިކަމާއެކު ދޭ ޚިދުމަތަކަށް ވާތީ ކަމަށާއި މިކަމުގެ ސަބަބުން ކާރުގައި ތަކެތި ބެހެއްޓުން ފަދަ ކަންކަމުގައި ކަސްޓަމަރުންނަށް ލިބޭ ގެއްލުންތައް ކުޑަވެ، އިތުބާރު ހުރި ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

މާލޭ ޓެކްސީ ލައިނުން ދަރުތުކުރާ އަގުތައް:

* މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2ގެ އެތެރޭގެ ދަތުރު : 30 ރުފިޔާ
* ހުޅުމާލެ ފިޔަވަހި1އިން ހުޅުމާލެ ފިޔަވަހި2އަށް : 40 ރުފިޔާ
* މާލެއިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެއަށް : 70 ރުފިޔާ
* ހުޅުމާލެ ފިޔަވަހި1އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި1އަށް : 80 ރުފިޔާ
* މާލެއިން ހުޅުމާލެ ފިޔަވަހި1އަށް، އަދި ހުޅުމާލެ ފިޔަވަހި1އިން މާލެއަށް : 85 ރުފިޔާ
* ހުޅުމާލެ ފިޔަވަހި2އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި2އަށް : 85 ރުފިޔާ
* މާލެއިން ހުޅުމާލެ ފިޔަވަހި2އަށް، އަދި ހުޅުމާލެ ފިޔަވަހި2އިން މާލެއަށް : 100 ރުފިޔާ

މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މި އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

MALDIVE GASAllied Insurance
އިތުރަށް