ވީރާނާވެފައި ވަނިކޮށް ސުނާމީ ބިނާ މަރާމާތުކޮށް އަލުން ހުޅުވައިފި

ވީރާނާވެފައި ވަނިކޮށް ސުނާމީ ބިނާ މަރާމާތުކޮށް އަލުން ހުޅުވައިފިއެވެ.
މާލޭގެ ހުޅަނގު ބަނދަރުގައި ހަދާފައިވާ ސުނާމީ ބިނާ މައިޒާނަކީ އަކީ ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ ހިތާމަވެރި ސުނާމީ ކާރިސާގެ ހަދާނުގައި ބިނާކޮށްފައިވާ ހަނދާނީ ބިނާއެކެވެ.
މަރާމާތަށް ބަންދުކުރުމަށްފަހު ސުނާމީ ބިނާ ބޮޑެތި ބަދަލުތަކާއެކު ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ފަށާފައިވަނީ، ފެބުރުވަރީ މަހުގެ ތެރޭގައެވެ.
އެމްޓީސީސީން ބުނީ މިހާރު އެ ސަރަޙައްދަކީ އާއިލާތަކަށާއި، ކުޑަކުދިންނަށް އަދި ދޮށީ އުމުރުގެ މީހުންނަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ އަމާން މާހައުލެއްގެ ގޮތުގައި ހަދާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނާތީ އެސަރަޙައްދުގައި 75 މީޓަރުގެ ޝީޓްޕައިލް ޖަހައި އައުކޮށް އެ ސަރަޙައްދުގެ ކީވޯލް މަރާމާތުކޮށް، ރައްކާތެރިކަމުގެ ގޮތުން ފެންސްވެސް ވަނީ ޖަހާފައެވެ.
މީގެއިތުރުން ސުނާމީ ބިނާ މޮނިއުމަންޓު އެ މައިޒާނުގައި އެބިނާ ހުރި ތަން ނޫން އެހެން ތަނަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ޕާކުގައި ވޯކްވޭތައް ހަދައި އިށީނދެ ތިބުމަށް ހަދާފައިވާ ތަންތަން އިތުރުކޮށް، ގިނަ އަދަދަކަށް ގަސްގަހާއި ރުއް ވަނީ އިންދާފައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މާލޭގައި ހުރި މިފަދަ މައިޒާންތަކާއި ޕާކުތައް ވީރާނާ ވާން ދޫކޮށްލާފައިވާ ކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
