އެމްޑީޕީ އާއެކު މަސައްކަތް ނުކުރާނެކަމަށް ބުނި ޔާމީންގެ ތާއީދު އެމްޑީޕީގެ ސޯބެއަށް

އެމްޑީޕީ އަކީ އެމަނިކުފާނަށް އަނިޔާދިން ބައެއް ކަމަށާއި ދުވަހަކުވެސް އެމްޑީޕީ އާއެކު ސިޔާސީ މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވި ކުރީގެ ރައީސް އަބްދުالله ޔާމީން،ކުރިޔަށް އޮތް ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ) އަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް އަދި ޕީއެންއެފްގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ޔާމީން މިފަދައިން ގޮވާލީ ޕީއެންއެފުން ކުރީޔަށް ގެންދާ ސިޓިންގރޫމް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ޕީއެންސީ އާ ދެކޮޅަށް އަބަދުވެސް ޔާމީން ވަރަށް ބޮޑަށް މަސައްކަތް ކުރަށްވައެވެ. އެއީ އެ ފިކުރުން އެހެން ބޭފުޅަކު ވެރިކަމުގައި ހުންނެވުމުން އެކަން ’ހަޖަމް’ ނުކުރެވޭތީ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އިތުރަށް





.gif.gif&w=828&q=100)