މާލޭ މޭޔަރު ކަމަށް ޔާމީންގެ ތާއީދު ނަޝީދުގެ ލޯޔަލިސްޓެއް ކަމަށްވާ ޒަރިޔަންދަށް

މިފެށޭ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ފަރާތުން މާލެ ސީޓިގެ މޭޔަރަށް ކުރިމަތިލައްވާނީ ނޭޝަނަލް ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ކަމަށް އިއުލާން ކުރައްވައިފި އެވެ.
އެކަން އިއުލާންކުރީ ޕީއެންއެފުން މިރޭ އާޓިފިޝަލް ބީޗުގައި "ރިސެޓް" ގެ ނަމުގައި ބޭއްވި ޖަލްސާގަ އެވެ.
އޮޑިޓް އަދި އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކީޕަރު ޒަރިޔަންދު ވިދާޅުވީ، އޭނާ އަށް ހިތްވަރު ދެއްވީ ޔާމީން ކަމަށާއި އޭނާގެ ނަޒަރުގައި އެއީ ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް ކަމަށެވެ.
ޒަރިޔަންދުއަކީ މިއަދާ ހަމައަށްވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ޒަރިޔަންދު ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގެން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވިއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އެ ގޮނޑި އަށް ވާދަކުރައްވަން ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލެވެ.
އިތުރަށް





.gif.gif&w=828&q=100)
