logologologologo
STO
ޚަބަރު

ޔާމީން ހުޅުމާލެ ދިޔުމުން ޒުވާނުންތަކެއް ނިކުމެ "ވަގަށް" ގޮވައިފި

ޔާމީން ހުޅުމާލެ ދިޔުމުން ޒުވާނުންތަކެއް ނިކުމެ "ވަގަށް" ގޮވައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ފެބްރުއަރީ 28

ހުޅުމާލޭގެ ފިހާރައެއް ހުޅުމަށްފަހު މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޒަރިޔަންދުގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވާން ވަޑައިގަތުމުން ޒުވާނުންތަކެއް ނިކުމެ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވަގަށް ގޮވައިފިއެވެ.

މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެ ޒުވާނުން ވަނީ ޔާމީން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގިކަމަށް ބުނާ ހިޔާނާތުން ލިބުނު ފައިސާ އަލުން ދައުލަތަށް ދިނުމަށް ގޮވާލާފައެވެ. އަދި ޔާމީންގެ ޕާޓީ ޕީއެންއެފަކީ ހިޔާނާތުގެ ފައިސާއިން ހިންގަމުން އަންނަ ޕާޓީއެއް ކަމަށް ވެސް އެޒުވާނުން ދިޔައީ ބުނަމުންނެވެ.

އެ ޒުވާނުން ހިޔާލުފާޅުކުރުމުން ޔާމީން އަންގަވާގެން އެމަނިކުފާނުގެ ސަޕޯޓަރުން އެޒުވާނުންނަށް އަނިޔާކުރިކަމަށް ޓެލެގްރާމުގައި ގިނަބަޔަކު އުޅެމުންދާ އެމްވީ ކްރައިސިސްގައި ބުނެފައިވެއެވެ. ދުވެލިއަށް މިކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

MALDIVE GASAllied Insurance
އިތުރަށް