logo
logo
ޕީއެންއެފުން ސިޓިންގ ރޫމްގައި ބާއްވާ ޖަލްސާގައި ނޫސްވެރިޔަކަށް ފުރައްސާރަކޮށްފި

ޕީއެންއެފުން ސިޓިންގ ރޫމްގައި ބާއްވާ ޖަލްސާގައި ނޫސްވެރިޔަކަށް ފުރައްސާރަކޮށްފި

2025 މޭ 12
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ޕީޕިަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެމަނިކުފާނުގެ ގެކޮޅުގެ ސިޓިންގ ރޫމުގައި ބާއްވާ ޖަލްސާގައި ސަންގު ޓީވީގެ ނޫސްވެރިޔަކަށް ފުރައްސާރަކޮށްފިއެވެ.

ސަންގު ޓީވީގެ އަންހެން ނޫސްވެރިޔަކަށް ފުރައްސާރަ ކުރުމުގައި ޔާމީން އަދި ޕީއެންއެފްގައި އިސްކޮށް މަސައްކަތްކުރާ މީހުންވެސް ވަނީ ބައިވެރިވެފައެވެ. އެ ނޫސްވެރިޔާއަށް ފުރައްސާރަ ކުރަން ފެށީ އެޕާޓީގެ ޖަލްސާތަކުގައި ވާހަކަދައްކާ އަދި އެޕާޓީގެ ހަރަކާތްތަކުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދުއެވެ. އޭގެ ފަހުން އެ ފުރައްސާރަށް ހިތްވަރުދީ ޔާމީންވެސް ވަނީ ބައިވެފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ޔާމީން އަދި ޕީއެންއެފްއަށް ވަރަށް ބޮޑަށް ފާޑުކިޔަންފާށާފައެވެ.

ޕީއެންއެފުން ބާއްވާ ޖަލްސާތަކުގައި މީހުންނަށް ފުރައްސާރަކޮށް މަލާމާތްކޮށް މީހުންނާ ދިމާކޮށްހަދާފައި ވެއެވެ. މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒުއަށް ސުވަރުގެ ނުދެވޭނެކަމަށް ވެސް ކުރީގެ ނައިބްރައީސް އަދި ޕީއެންއެފް އެކްޓިވިސްޓް ޑރ ޖަމީލް ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ޖަމީލްއަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް