logologologologo
STO
ޚަބަރު

އަމިއްލަ ދަތުރުގައި ސަރުކާރާއި ރައްޔިތުންގެ ފައިސާއެއް ހަރަދު ނުކުރަން: ރައީސް

އަމިއްލަ ދަތުރުގައި ސަރުކާރާއި ރައްޔިތުންގެ ފައިސާއެއް ހަރަދު ނުކުރަން: ރައީސް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 01

އަމިއްލަ ދަތުރުފުޅުތަކުގައި ސަރުކާރާއި ރައްޔިތުންގެ ފައިސާ ހަރަދު ނުކުރާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވިގެން، މަގާމާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަމިއްލަ ދަތުރެއް ކުރި އެއްވެސް ދަތުރެއްގައި ސަރުކާރުގެ ފައިސާއެއް ހަރަދުކޮށްފައި ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބައެއް ދަތުރުތަކަކީ ޗުއްޓީގެ ގޮތުގައިދާ ދަތުރު ނަމަވެސް ދަނީ "ޗުއްޓީ ދަތުރުގައި ނޫން" ކަމަށެވެ. އެފަދަ ބައެއް ދަތުރުތަކުގައި ރައީސް އޮފީހުގެ މުވައްޒަފަކު ދާނެ ކަމަށާއި އަދި ރަސްމީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކޮށް އުޅޭކަމަށް ރައީސް ފާހަގަ ކުރައްވާފައެވެ.

"ރައީސް އޮފީސް ކުއްޖަކު ދާނެ މިތަނުގެ ޕްރިންޓަރާއި ސްކޭނަރާއި ހުރިހާ އެއްޗެއް ހިފައިގެން، ގޮސް އެތަނުގައި ސެޓުވެގެން މިކޮޅުން ފޮނުވާ ހުރިހާ ނޯޓުތަކާއި ސިޓީތަކާއި އެއްޗެހި ޕްރިންޓްކޮށް ހައްދާ. އަޅުގަނޑު އެ އެއްޗެހީގައި ސޮއިކޮށް ހުރިހާ ކަމެއް ކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެގޮތަށްދާ ދާ މުވައްޒަފުގެ ހަރަދު ވެސް ބައެއް ފަހަރު އެމަނިކުފާނު އަމިއްލައަށް ކޮށްފައި ހުންނާނެ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ރައީސް އޮފީހުން ވެސް އެއީ ދުވަހަކު ވެސް އެތަނުގައި ކުރި ކަމެއް ނޫނޭ ބުނެ، އެކަން ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމިއްލަ ދަތުރުގައި ސަރުކާރުގެ ފައިސާ ބޭނުން ނުކުރެއްވި ނަމަވެސް ގާނޫނުން އެކަން ކުރުމުގެ ބާރު ލިބޭ ކަމަށެވެ. މީގެ ކުރިން ހުރިހާ ރައީސުންނެއް އެކަން ކުރެއްވި ކަމަށާއި މިހާރު ވެސް ކުރީގެ ބައެއް ރައީސުން ރާއްޖޭން ބޭރަށް ސަރުކާރުގެ ހަރަދުގައި ވަޑައިގަންނަވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް