ނަމާދު ގަޑީގައި ކުޅިވަރު ނުކުޅެވޭ ގޮތް ހަދައި ކުޅިވަރު ކުޅޭ ތަންތާނގައި ނަމާދު ކުރެވޭ ގޮތް ހަދަނީ

ނަމާދު ގަޑިތަކުގައި ކުޅިވަރު ނުކުޅޭވޭ ގޮތް ހަދައި ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ކުރެވޭގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ވެސް އަމަލީ ގޮތުން ވެސް އިސްލާމް ދީނާއި ޤާނޫނު އަސާސީގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބަޔަކަށްވާއިރު، ހުރިހާ ކަމެއްގައި ވެސް އަމަލީ ގޮތުން އެކަން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ.
ކުޅިވަރުގެ މައިދާނުގައި ވެސް އުޅޭއިރު، ނަމާދު ގަޑި ޖެހިގެން ނިމިގެންދާއިރު ވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ގަސްދުގައި ނޫން ނަމަވެސް އެއީ މިހާރު ކަންކަން އޮންނަ ގޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
މިހާރު ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސް ހިމެނޭހެން އިމާރާތްތަކުއާއި ކުޅިވަރު ކުޅޭ މައިދާން، އެކުވެނި ކަހަލަ ތަންތަނުގައި ވުޟޫކޮށް ނަމާދު ކުރެވޭ ގޮތަށް ފެސިލިޓީތައް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެކަން އޮތީ މަޝްވަރާކޮށް، ތަންފީޒު ކުރުމާއި ހަމައިގައި ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ ބަންގި ގޮވާގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަން ޖެހޭ ބަދަލުތަކެއް ވެސް ގެންނާނެކަން ފާހަގަ ކުރައްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)