logologologologo
STO
ޚަބަރު

މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދައެއް ނުކުރަން: ފަލާހް

މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދައެއް ނުކުރަން: ފަލާހް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 31

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ވާދަ ނުކުރައްވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ އަމިއްލައަށް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނާޒިމް ވަކިކުރަން ހުށަހެޅުމާ އެކު، ޕީއެންސީ ތެރޭގައި އެ މަގާމަށް ގެންނާނެ ބޭފުޅަކާ މެދު މެންބަރުންގެ ތެރޭގައި ދިޔައީ ކޮންމެވެސް ވަރަށް މަޝްވަރާ ކުރެވެމުންނެވެ.

މަޖިލިސް ނައިބް ރައީސެއް ހޮވުމަށް މަޝްވަރާ ކުރަމުންދާ ވަގުތެއްގައި ފަލާހު އެކަމަށް ޝައުގުވެރިވާ ކަމަށް ނޫސްތަކުން ހާމަކުރުމުން ފަލާހު ވަނީ އެކަން ދޮގު ކުރަށްވާފަ އެވެ.

"ނޫސްތަކުގެ ސަމާލުކަމަށް ދަންނަވަން. އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއްނުކުރަން،" ފަލާހު ކުރެއްވި ކުރު ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރާ ޖަލްސާ އެންމެ ފުރަތަމަ ތާވަލް ކުރީ މިއަދު މެންދުރު 1 ޖަހާއިރު ބޭއްވުމަށެވެ. ނަމަވެސް މާދަމާއަށް ޖަލްސާ ވަނީ ފަސްކޮށްފަ އެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް