ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކަށް ފިރުޒުލް ޢައްޔަނުކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީގެ ސްޕޯކްސް ޕާސަންގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރްޒުލް އަބްދު اللّٰه ޚަލީލް އައްޔަނު ކުރައްވައިފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީ ނުވަތަ ކޮންގްރެސް ޕާޓީން މިކަން ހާމަކޮށް ހިއްސާ ކުރި މެސެޖެއްގައި ވަނީ ފިރުޒުލްއަށް ތަހުނިޔާއައި މަރުޙަބާ ދަންނަވައިފައެވެ.
އަލްއުސްތާޛް މުޙައްމަދު ފިރުޒުލްއަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕްރެސިޑެންޝަލް އެފެއާޒްގެ މަޤާމުގައި ހުންނަވާ ބޭފުޅެކެވެ.
ކޮންގްރެސް ޕާޓީން ދާދިފަހުން ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް އައްޔަނު ކުރައްވައިފައެވެ.
2019 ވަނަ އަހަރުގެ ޖެނުއަރީ 31 ގައި ރަޖިސްޓަރީ ކުރި ކޮންގްރެސް ޕާޓީ ނުވަތަ ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެ ޕާޓީގައި 74،048 މެމްބަރުން ތިބެއެވެ.
އިތުރަށް



.gif.gif&w=828&q=100)
