ޕީއެންސީގެ އާ އެސްޖީއަކަށް މޫސާ ފަތުހީ
ޕީއެންސީގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް އައްޔަންކޮށްފިއެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އައްޔަން ކުރުމާ ގުޅިގެން އޭނާއަށް އިހްލާސްތެރި ތަހުނިޔާ އާއި މަރުހަބާ ދަންނަވާ ކަމަށެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި މުއާޒު ހަލީމެވެ. މިދިޔަ ހޮނިހިރު ދުވަހު މުއާޒް އެ މަގާމުން އިސްތިއުފާ ދެއްވީ ޕީއެންސީގެ ހިންގުން އިތުރަށް ރަނގަޅު ކުރުމަށް ކަމަށް ވިދާޅުވެއެވެ.
މުއާޒް ވިދާޅުވީ ޕާޓީގެ އިދާރީ ހިންގުމުގެ އިސް ޒިންމާތަކުން ދުރަށް ވަޑައިގެންނެވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ނެރޭ ޕާޓީއަކަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންވާތީ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓް ކުރީގެ މެމްބަރު ސިނާނުއަށް2026 އޭޕްރީލު 25
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ބައިވެރިވުމަށް ޕީއެންސީން ފުރުޞަތު ހުޅުވާލައިފި2026 އޭޕްރީލު 14
އިންތިޚާބަކާ ނުލައި އިތުރު ކައުންސިލެއްގެ ރައީސްކަން ޕީއެންސީއަށް ލިބިއްޖެ!2026 ފެބްރުއަރީ 19
ވިލުފުށިން ބޭނުންވީ ސަރުކާރާ ގުޅިގެން ތަރައްޤީ ގެންނަން، އެހެން ޕާޓީއަކުން ކުރިމަތި ވެސް ނުލި!2026 ފެބްރުއަރީ 02