ނަޝީދު މޮޅުވެއްޖެ ނަމަ، މީކާއިލްއަށް ތާއީދު ކުރި އެންމެން ފަހަތަށް ޖައްސާނެ ކަމަށް ނަޝީދު ބުނެފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއަށް ކާމިޔާބު ކުރެވިއްޖެ ނަމާ އެމަނިކުފާނާ ވާދަ ކުރަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ ގާތުގައި ތިބި މީހުން އެމްޑީޕީގެ ފަހަތު ސަފަށް ޖައްސާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖްލިސް ވަޓްސްއެޕް ގުރޫޕުގަ އެވެ. ނަޝީދު މިވާހަކަ ދެއްކި ގްރޫޕުގެ ސްކްރީންޝޮޓެއް ވަނީ ލީކުވެފަ އެވެ.

ނަޝީދު އެހެން ވިދާޅުވުން އަދަދު ނޫސް ހިންގަވާ އަދި އެމްޑީޕީގެ ލީގަލް ޓީމުގައި މަސައްކަތް ކުރަށްވާ މަހުފޫޒް ވަނީ އެމީހުން ޖައްސާނީ ކިހާ ފަހަތަށްތޯ ސުވާލު ކުރައްވާފައެވެ.

އެކަމަށް ނަޝީދު ވިދާޅުވެފައި ވަނީ އިންތިހާބުގައި ކާމިޔާބުވި ފަޅީގެ މީހުން ފަހަތަށް ނުޖެއްސޭނެ ކަމަށާއި މަހިފޫޒު ވެސް ނަޝީދުކޮޅަށް ނާރާފިނަމަ ހުންނަން ރަނގަޅުވާނީ ފަހަތުގައި ކަމަށެވެ.
Screenshot
ނަޝީދުގެ އަމިއްލަ އެދުމާއި ވެރިކަމަށް ފެންބޮވާގެންފައިވާ މިންވަރު މި އަންނަނީ ދުވަހެއް ދުވަހެއް ބޮޑަށް ފެންނަމުން ކަމަށް ގިނަ ބަޔަކު އަންނަނީ މިހާރު ބުނަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)