logologologologo
STO
ޚަބަރު

ހަމްދާން ނަޝީދަށް- މަނިކުފާނުގެ ވެރިކަމުގެ ހިތި ހަނދާންތައް އަދިވެސް އެބަހުރި

ހަމްދާން ނަޝީދަށް- މަނިކުފާނުގެ ވެރިކަމުގެ ހިތި ހަނދާންތައް އަދިވެސް އެބަހުރި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 30

އެ މަނިކުފާނުގެ ވެރިކަމުގެ ހިތި ހަނދާންތައް އަދިވެސް އެބަހުރި ކަމަށް ވިދާޅުވެ ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ރައީސް ނަޝީދުއަށް ރައްދު ދެއްވައިފިއެވެ.

ހަމްދާން ރައީސް ނަޝީދުއަށް ރައްދު ދެއްވާފައި މިވަނީ ދަރަނިން ރާއްޖެ ސަލާމަތް ކުރެވޭނީ އެމްޑީޕީއަށް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނުގައި އިއްޔެ މާފުށްޓަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދުއަށް ރައްދު ދެއްވާ ހަމްދާން ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދަރަނި ޖީޑީޕީގެ 55 އިންސައްތައިގައި އޮއްވައި 97 އިންސައްތައަށް ވުރެން މައްޗަށް އަރުވާލި ކަމަށެވެ.

"އަދި 2011 ގައި 3.5 އިންސައްތައިގައި ޖީއެސްޓީ ޓެކްސް ތައާރަފްކޮށް، ހަމަ 2011 ގައި 6 އިންސައްތައަށް ބޮޑުކުރިއެވެ. އަދި އެމްޑީޕީގެ ދެވަނަ ދައުރުގައި ދަރަންޏަށް އިތުރު 77 ބިލިއަން ރުފިޔާ އިތުރުކޮށް، ޖީއެސްޓީ 8 އިންސައްތައަށް ބޮޑުކުރިއެވެ." ހަމްދާނު ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

ހަމްދާން ވިދާޅުވީ ​ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ޓެކްސްގެ ބުރައެއް ބޮޑުނުކޮށް، މިދިޔަ ހައެއްކަ މަސްދުވަސް ތެރޭގައި އެކަނިވެސް ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކަށް 1 ބިލިއަން ޑޮލަރު ދައްކާފައިވަ ކަމަށެވެ.

ހަމްދާން އިތުރަށް ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ދައްކަވާ މިފަދަ ވާހަކަތަކުން އަލަށް ވޯޓުލާ ޒުވާނުންނަށް އޮޅުވާލެވިދާނެ ކަމަށާ އެކަމަކު ރައީސް ނަޝީދުގެ ވެރިކަމުގެ ހިތި ހަނދާންތައް އަދިވެސް އެބަހުރިކަމަށެވެ.

 


MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް