މުޙައްމަދުގެ ރައްދު ނަޝީދަށް- ސިޔާސީބޭނުމަށް ވެސް ދައްކަންވާނީ ކުރެވޭނެ ވަރުގެ ކަންކަމުގެ ވާހަކަ

ސިޔާސީބޭނުމަށް ވެސް ދައްކަންވާނީ ބުރަދަން ހުންނަ ކުރެވޭނެ ވަރުގެ ކަންކަމުގެ ވާހަކަ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުއަށް ރައްދުދެއްވައިފިއެވެ.
މެމްބަރު މުޙައްމަދު މިފަދައިން ވިދާޅުވެ ކުރީގެ ރައީސް ނަޝީދުއަށް ރައްދު ދެއްވާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން މިއަހަރު ނިމުމުގެ ކުރިން ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ރޭ މާލޭގައި ބޭއްވި ހިތަދޫ ދެކުނު ދާއިރާގެ ބައިއިލެކްޝަނުގައި އެމްޑީޕީން ވާދަކުރައްވާ ޢަބްދުﷲ ޞާދިޤްގެ ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށާއި އެގޮތުން މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައިގެން ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށެވެ.
ރައީސް ނަޝީދުގެ މިވާހަކަތަކަށް ރައްދުދެއްވާ މުޙައްމަދު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ސިޔާސީބޭނުމަށް ވެސް ދައްކަވަންވާނީ ބުރަދަން ހުންނަ ކުރެވޭނެ ވަރުގެ ކަންކަމުގެ ވާހަކަ ކަމަށެވެ.
"ތިއައްވުރެން މަޝަހޫރުވާނެ މަނިކުފާން ޅަކުއްޖަކާ ކައިވެނިފުޅު ބައްލަވާގަންނަވަން އުޅޭކަމަށް ޖަލްސަގަ ވިދާޅުވިނަމަ. އޭރަށް މާ އަވަހައް ނޫސްތަކުން ޚަބަރު ހަދާނެ. މަނިކުފާނަށް ދަންންވަން، ބާރަށް ތަނެއްގައި ހިފަހައްޓާލައިގެން ހުންނަވާ" މުޙައްމަދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މުޙައްމަދު އިތުރަށް ވިދާޅުވީ މީ ރައްޔިތުންގެ ރައީސެއް ވެރިކަން ކުރަމުންދާ ސަރުކާރެއް ކަމަށާ މިހާރު އޮތީ ރައްޔިތުން އެދޭ މަގުން މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހެއް ކަމަށާ މަޖިލިސްގެ ސުޕަރ މެޖޯރިޓީ އޮތީ ސަރުކާ ހިންގާ ޕާޓީ ޕީއެންސީގައި ކަމަށެވެ.
ކުރީގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އަދި އެމްޑީޕީގެ ރައީސްކަން ކުރެއްވި މުޙައްމަދު ނަޝީދު މިހާރު ގެންދަވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމަށް ކުރިމަތިލައްވައި ކެމްޕޭނު ކުރައްވަމުންކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)