logologologologo
STO
ޚަބަރު

މިއަހަރުގެ އަމީރުލްޙައްޖަކީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު

މިއަހަރުގެ އަމީރުލްޙައްޖަކީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 19

މިއަހަރުގެ އަމީރުލްޙައްޖަކީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވުޒާރާއިން ބުނީ މިއަހަރު ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފައިވަނީ އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ކަމަށެވެ.

އަމީރުލްޙައްޖުގެ އިތުރުން މި އަހަރުގެ ދިވެހި ޙައްޖުވެރިންނާއެކު، އިސް ޝައިޚަކަށް ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

 

View post on Twitter

 

ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބެނީ 1000 ކޯޓާއެވެ. ރާއްޖެއިން މިއަހަރު ޙައްޖަށްދާ ހުރިހާ ޙައްޖުވެރިން މިހާރު ވަނީ މައްކާއަށް ގޮސްފައެވެ. އެގޮތުން އެންމެ ފަހު ގުރޫޕް ފުރީ މިއަދުކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް