logologologologo
STO
ޚަބަރު

ބައެއްް ނޫސްތަކުން މަސައްކަތް ކުރަނީ ސިޔާސީ ޕާޓީއަކުން އިދިކޮޅު ޙަރަކާތްތައް ހިންގާ އުސޫލުން: ސަޢީދު

ބައެއްް ނޫސްތަކުން މަސައްކަތް ކުރަނީ ސިޔާސީ ޕާޓީއަކުން އިދިކޮޅު ޙަރަކާތްތައް ހިންގާ އުސޫލުން: ސަޢީދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 11

ބައެއްް ނޫސްތަކުން މަސައްކަތް ކުރަނީ ސިޔާސީ ޕާޓީއަކުން އިދިކޮޅު ޙަރަކާތްތައް ހިންގާ އުސޫލުން ކަމަށް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ބައެއްް ނޫސްތަކުން ނޫސްވެރިކަމުގެ މިނިވަންކަން ނަހަމަގޮތުގައި ބޭނުން ކުރަމުން ދާ ކަމަށާއި މަދު ނަމަވެސް ބައެއް ނޫސްތަކުން، ވާދަވެރި ސިޔާސީޕާޓީއަކުން އިދިކޮޅު ޙަރަކާތްތައް ހިންގާ އުޞޫލުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސްއޮފީސްތެރޭ ހަޅުތާލުކުރާ މޭރުމުން ކަންކަން ކުރާ ކަމަށެވެ.

"‏ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ވަނީ ޖާގަދީފައި. މިއީ ޑިމޮކްރަސީގެ އެއްމެ ވަރުގަދަ އެއް އަސާސްވެސްމެ.‏ނަމަވެސް، ލިބިފައިމިވާ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، އޭގެ ހިޔަންޏަށް ވަދެ ތިބެ، ވާދަވެރި ސިޔާސީޕާޓީއަކުން އިދިކޮޅު ހަރަކާތްތައް ހިންގާ އުޞޫލުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސްއޮފީސްތެރޭ ހަޅުތާލުކުރާ މޭރުމުން ކަންކަން ކުރާ މަދު ނަމަވެސް ބައެއްް ނޫސްތަކުން ނޫސްވެރިކަމުގެ މިނިވަންކަން އެދަނީ ނަހަމަގޮތުގައި ބޭނުން ކުރަމުން." ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާ، ޤާނޫނުތައް މުގުރުމާ، ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން ކަމަށެވެ.

ސަޢީދު އިތުރަށް ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މަޢުލޫމާތު ނުދެއްވާ މިންވަރަށް ރައީސް ޑރ. މުޢިއްޒު އެފުރުސަތު ދެއްވާކަމީ ޙަޤީޤަތް ކަމަށާ އެއްވެސް އިތުރު މޮޑަރޭޝަންއަކާ ނުލާ ކޮންމެހަފްތާއަކު އެއްފަހަރު ސީދާ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ހުޅުވާލެވިފައިވާ މާޙައުލެއްްގައި މަޢުލޫމާތު ދެއްވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތަކާއި ސިޔާަސަތުތައް ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ހާމަކޮށްދެއްވުމަށް ކަމަށެވެ.

ސަޢީދު ވަނީ ‏ނޫސްވެރިން ފަހިކޮށްދެއްވާފައިވާ މި އަގުހުރި ފުރުޞަތުގެ ބޭނުން ހިފަންވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް އަދި ޝަރުޢީ ޤާނޫނީ އަމުރުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކުގައި ކަމަށް ވިދާޅުވެފައެވެ.

ސަޢީދު މިފަދައިން ވިދާޅުވެ މީސްމީޑިއާގައި މެސެޖެއް ހިއްސާކުރައްވާފައި މިވަނީ އަދަދު ނޫހުން ދެއްކި "އައިޝާ" ޑޮކިއުމެންޓަރީ މައްސަލާގައި ދަޢުވާ ކުރުމާއި ގުޅިގެން އެ ޑޮކިއުމެންޓަރީގެ ވާހަކަ ނުދެއްކުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔަކު އެ ޑްކިއުމެންޓަރީގެ ވާހަކައިން ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދެންނެވުމުން، އޭނާ ކޯޓު އަމުރާއި ޚިލާފުވުމާއި ގުޅިގެން އެ މާލަމުގައި އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެ މާލަމުން ނޫސްވެރިޔާ ބޭރުކުރުމާއި ގުޅިގެން ކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް