ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު އެލް ކްލެސިކޯ މެޗުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވަ ލަލީގާގެ ޗެމްޕިއަންކަން 29 ވަނަ ފަހަރަށް ހޯދައިފި އެވެ.
ލަލީގާގައި ބާކީ ތިން މެޗު ކުޅެން އޮއްވާ ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ކުޅުނު މެޗުން ލިބުނު ތިން ޕޮއިންޓާއެކު 35 މެޗުން ޖުމްލަ 91 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް މެޑްރިޑަށް 35 މެޗުން ލިބިފައިވަނީ 77 ޕޮއިންޓެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 9 ވަނަ މިނިޓުގައި ބާސެލޯނާގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ 9 މިނިޓު ފަހުން މެޗުގެ 18 ވަނަ މިނިޓުގައި ޑެނީ އޮލްމޯ ދިން ޕާހަކުން ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގައި ރިއަލް މެޑްރިޑްއަށް ބާސާގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ބޯޅައެކެވެ.
ބާސެލޯނާ އިން 29 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމާއިއެކު ވަރުގަދަ ރެއާލް މެޑްރިޑް އާއި ތަށީގެ އަދަދު އެއްވަރު ކުރުމަށް ދެން މަދުވަނީ 7 ޓައިޓަލް އެވެ.
އިތުރަށް
.webp&w=3840&q=100)
.webp&w=3840&q=100)



.gif.gif&w=828&q=100)