logologologologo
STO
ކުޅިވަރު

ފުޓްސަލް ރޭންކިންގަ ރާއްޖެ 99 އަށް!

ފުޓްސަލް ރޭންކިންގަ ރާއްޖެ 99 އަށް!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 08

ދުނިޔޭގެ ފުޓްސަލް ރޭންކިންގައި ޔޫރަޕުގެ ބައެއް ގައުމުތަކަށްވުރެ ކުރިއަށް ރާއްޖެ ޖެހިލައިފިއެވެ.

ޖުމްލަ 143 ގައުމެއް ރޭންކުކޮށް، އާންމުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، ރާއްޖެ ވަނީ ގަދަ 100 ގެ ތެރޭގައި ހިމެނިފައެވެ. އެގޮތުން ތަފްސީލުތަކުން ދައްކާ ގޮތުގައި ރާއްޖެ އޮތީ 914.49 ޕޮއިންޓާއެކު ލިސްޓުގެ 99 ވަނައިގައެވެ.

ފުޓްސަލް ރޭންކިންގައި ރާއްޖެ 99 ވަނައިގައި އޮތްއިރު، އިންގްލޭޑް އޮތީ 97 ވަނައިގައެވެ. އިންގްލޭންޑާއި ރާއްޖެއާއި ދެމެދު އޮތީ އެންމެ 3.26 ޕޮއިންޓުގެ ފަރަގެކެވެ. އިސްރާއީލް 98 ވަނައިގައި އޮތްއިރު، ރާއްޖެއާއި ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.

މިއީ ފުޓްސަލްގައި ރާއްޖެއިން ހޯދަމުންދާ ކުރިއެރުން ހާމަކޮށްދޭ މުހިންމު ތަފާސްހިސާބުތަކެކެވެ.

ރާއްޖޭގެ ރޭންކިން އަށް މި ބޮޑު ބަދަލެއް އައީ، ދާދިފަހުން ނިމިގެންދިޔަ 2024 ވަނަ އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން ކާމިޔާބު ކުރުމާ ގުޅިގެންނެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ކުޅުނު ހަ މެޗުންވެސް މޮޅުވެ، ބަލިނުވެ މުބާރާތް ނިންމާލައިފައެވެ.

ކުރިން ރޭންކިންގެ 100 އިން ބޭރުގައި އޮތް ރާއްޖެ، 99 ވަނައަށް ޖެހިލުމަކީ ކުޅިވަރުގެ ވަސީލަތްތައް މަދު ކުޑަ ޖަޒީރާ ޤައުމަކަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. މިއީ ދިވެހި ކުޅުންތެރިންގެ އަޚްލާޤާއި، މަސައްކަތްތެރިކަމާއި، އެއް ފެންވަރެއްގައި ހިފަހައްޓަމުންދާ ކުޅުމުގެ ނަތީޖާއެވެ.

 

MALDIVE GASAllied Insurance
އިތުރަށް