logologologologo
STO
ޚަބަރު

ފުރަތަމަ މެޗުގައި ފުރަތަމަ ގޯލު އަދި ފުރަތަމަ ޓްރޮފީ! އެމްބާޕޭއަށް ހާއްސަ ދުވަހެއް

ފުރަތަމަ މެޗުގައި މެރަތަމަ ގޯލު އަދި ފުރަތަމަ ޓްރޮފީ! އެމްބާޕޭއަށް ހާއްސަ ދުވަހެއް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2024 އޯގަސްޓު 15

 ކިލިއަން އެމްބާޕޭގެ ގޯލަކާ އެކު 2-0 އިން އެޓަލާންޓާ ބަލިކޮށް ރެއާލް މެޑްރިޑުން ޔޫއެފާ ސުޕަ ކަޕްގެ މެޗު ކާމިޔާބު ކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ ތަށި 15 ފަހަރު އުފުލާލައި އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ހޯދާފައިވާ ރެއާލުން ހަ ވަަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބުކޮށް، މި ތަށި އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް ވެސް ގާއިމްކުރީ އެވެ. ކުރިން މި ރެކޯޑް އޮތީ ފަސް ތަށި ހޯދި ބާސެލޯނާ އަތުގަ އެވެ.

ޔުއެފާ ސުޕަކަޕްގައި އިޓަލީގެ އެޓަލަންޓާ އާއި ދެކޮޅަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ސީޒަންގައި ރެއާލް އާއި ގުޅުނު ފްރާންސްގެ ތަރި ކީލިއަން އެމްބާއްޕޭ ވަނީ ގޯލެއްވެސް ކާމިޔާބުކޮށްފައެވެ. މިއީ އެމްބާޕޭ ރެއާލްއަށް ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ލީޑު ނަގާދިނީ, ފެޑެރީކޯ ވަލްވާޑޭ ޖަހާދިން ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން، މުޅިން ހުސްކޮށްލާފައި ވިނީޝިއުސް ޖޫނިއާ ވަލްވާޑޭ އަށް ހުސްކޮށްލި ބޯޅައަކުން ޖެހި ގޯލެކެވެ. ރެއާލްގެ ދެވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓުގައި ޖަހާދިނީ ކީލިއަން އެމްބާޕޭ އެވެ. މިއީ ރެއާލްގެ ޖާޒީގައި ރަސްމީ މެޗެއްގައި އެމްބާޕޭ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މިއީ ކްލަބް ފުޓްބޯޅައިގައި، ސަރަހައްދީ މުބާރާތެއްގެ ޓްރޮފީއެއް އެމްބާޕޭ، 25، ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އޭނާ ޔޫއެފާ ސުޕަ ކަޕް މެޗެއް ކުޅުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

 

 

MALDIVE GASAllied Insurance
އިތުރަށް