logologologologo
STO
ޚަބަރު

ބޮޑު ތަފާތަކުން ދިއްދޫ ބަލިކޮށް އޭދަފުށިން ކުއާޓާގެ ޖާގަ ކަށަވަރުކޮށްފި

ބޮޑު ތަފާތަކުން ދިއްދޫ ބަލިކޮށް އޭދަފުށިން ކުއާޓާގެ ޖާގަ ކަށަވަރުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2024 ޑިސެމްބަރު 14

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުގައި ގަދަފަދަ ބ. އޭދަފުށިން ހއ. ދިއްދޫ ކަޓުވާލައި މުބާރާތުގެ ކުއާޓަރ ފައިނަލަށް ގޮސްފިއެވެ. 

މިއަދު ހަވީރު ކުޅުުނު މިމެޗު އޭދަފުށިން ކާމިޔާބު ކޮށްފައިވަނީ  4-1  ގެ ނަތީޖާ އަކުންނެވެ.

މެޗުގައި އޭދަފުށީގެ ލަނޑުތައް ޖެހީ އަލީ ނަސީމް، ޖައުޝަން މުޙައްމަދު އަދި މުޙައްމަދު ފާސިރުއެވެ. ފާސިރު 2 ގޯލު ޖެހިއެވެ. ދިއްދޫގެ ހަމައެކަނި ލަނޑު ޖެހީ ހުސައިން ޒިމްޔާނެވެ.

އެންމެ ފަހުން ކުޅުނު މެޗުން 2-0 ގެ ނަތީޖާ އަކުން ބަލިވުމާއި ގުޅިގެން މިއަދުގެ މެޗު ނެގުން އޭދަފުއްޓަށް އޮތީ މަޖުބޫރުވެފައެވ. މިއަދުގެ މެޗު ކުޅުނު އޭދަފުށީގެ ސަޕޯޓަރުންގެ ފަރާތުން ފެނިފައިވަނީ އެޓީމަށް ސަޕޯޓަރުންގެ އޮތް އުންމީދާއި ކުރާ ސަޕޯޓެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އޭދަފުށި ހާއްސަ ވަނީ ކީއްވެކަން މިއަދު އޭދަފުށީ ސަޕޯޓަރުން ވަނީ ވަރަށް ފުރިހަމައަށް ދައްކުވައި ދީފައެވެ.

މިހާތަނަށް ކުއާޓަރ ފައިނަލަށް ދިޔަ އެހެން ޓީމުތަކަކީ މާލެ ސިޓީ، ރ. އަލިފުށި، ޅ. ނައިފަރު އަދި ކ. ގުރައިދޫ އެވެ. މުޅި މުބާރާތުގައި 12 ޓީމު ވާދަކުރާއިރު، ހަތަރު ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ދެ ޓީމު ކުއާޓަރ ފައިނަލަށް ދާނެއެވެ.

MALDIVE GASAllied Insurance
އިތުރަށް