logologologologo
STO
ޚަބަރު

ޕަރޯ އެފްސީ އަށް މެޗެއް ކުޅެދޭން ޖަޕާނުގެ ފުޓުބޯޅަ ލެޖެންޑް ހޮންޑާ އެނބުރި ދަނޑަށް

ޕަރޯ އެފްސީ އަށް މެޗެއް ކުޅެދޭން ޖަޕާނުގެ ފުޓުބޯޅަ ލެޖެންޑް ހޮންޑާ އެނބުރި ދަނޑަށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2024 ޖުލައި 31

ކުޅުން ހުއްޓާލައިގެން ހުރި ޖަޕާނުގެ ކުރީގެ ތަރި ކެއިސޫކޭ ހޮންޑާ، ބޫޓާންގެ ޗެމްޕިއަން، ޕާރޯ އެފްސީ އަށް އެއް މެޗު ކުޅެދޭން އެއްބަސްވެއްޖެ އެވެ.

ޖަޕާންގެ ގައުމީ ޓީމަށް 98 މެޗު ކުޅެދީ 37 ގޯލު ޖަހައިދިން މިޑްފީލްޑަރު ވަނީ ތިން ވޯލްޑް ކަޕްގައި ކުޅެފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ރަޝިއާ ލީގުގެ ސީއެސްކޭއޭ މޮސްކޯ އާއި އިޓަލީގެ އޭސީ މިލާނަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފަ އެވެ.

ޕާރޯ އެފްސީއާ އެކު އޭނާ އެއް މަހަށް ކޮންތްރެކްޓް ހެދީ، އަންނަ މަހު އޭއެފްސީ ޗެލެންޖް ލީގު ކޮލިފައިންގެ ޕްލޭއޮފްގައި ނޭޕާލްގެ ޗެމްޕިއަން ޗާޗް ބޯއީސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭށެވެ.

އޭއެފްސީ ކަޕް، އޭއެފްސީން ދެން ބާއްވަނީ، އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ނަމުގަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ނަން ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް އަށް ބަދަލު ކޮށްފަ އެވެ.

ހޮންޑާ އަކީ ޖަޕާނުގެ ފުޓުބޯޅާގައި ފާހަގަ ކޮއްލެވެ ނަމަކެވެ. މެދުތެރޭގައި އެޓޭކިންގ މިޑްފީލްޑަރެއްގެ ގޮތުގައި އަދި ސެންޓަރ މިޑްފީލްޑަރެއްގެ ގޮތުގައި ކުޅެ ހޮންޑާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

MALDIVE GASAllied Insurance
އިތުރަށް