logologologologo
STO
ޚަބަރު

ކިޔަވައިގެން ރާއްޖެ އަންނަ ކުދިންނަށް ބޮޑު މުސާރަ ދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ކިޔަވައިގެން ރާއްޖެ އަންނަ ކުދިންނަށް ބޮޑު މުސާރަ ދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2024 ޖުލައި 18

މަތީ ތައުލީމް ހާސިލްކުރުމަށް ފަހު ރާއްޖޭގައި މަސައްކަތް ކުރުމަށް އެނބުރި އައުމަށާއި ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލު ކުރުމަށް މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސައްކަތަށް ނުކުންނައިރު ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ވިސްނަން ޖެހޭ ކަމަށެވެ. މިއީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ކަންކަން ހުރީ އެންމެ ފުރިހަަމައަށް ނޫން ކަމަށެވެ.

ރައީސް ވަނީ ކިޔަވައިގެން ދަރިވަރުން އެނބުރި ރާއްޖެ ނައުމާއި އެނބުރި އަޔަސް، އަމިއްލަ ދާއިރާތަކުގައި މަސައްކަތްކުރާކަން ފާހަގަ ކުރައްވައިފަ އެވެ. އެހެންނަމަވެސް ރައީސް ވަނީ ކިޔަވައިގެން އެނބުރި އަތުވެއްޖެ ނަމަ ރަނގަޅު މުސްތަގްބަލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން މިރޭ ދަރިވަރުންނަށް ދެއްވާފައެވެ.

"މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހާއްސަ ކުރާނަން،" ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ބޭއްވި ޝަރަފުވެރި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވަރަށް ގިނަ ދާއިރާތަަކަކީ ހަމައެކަނި ދިވެހިން ހާއްސަ ދާއިރާތަކަށް ހެދުމުގެ މަސައްކަތް އެކި މަރުހަލާތަކަކުން ގޮސް ކުރިއަށް އޮތް ދެ ތިން އަހަރު ނުވަތަ ފަސް އަހަރު ތެރޭ ގިނަ ދާއިރާތައް ބަދަލުވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކިޔަވައިގެން ނިމިގެން ރާއްޖެ އަށް ނާންނަ އެއް ސަބަބަކީ ދިރިއުޅެވޭނެ ގޮތެއް ނެތުން ކަމަށާއި މި ސަރުކާރުން ރާއްޖޭގައި އޮތް ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކޮށްދޭނެ ކަމަށެވެ. އެއިރުން އަމިއްލަ ދިރިއުޅުން ފަށަން އަދި އާއިލާއާ އެކު ދިރިއުޅުމަށް ބޭނުންވާ ގެދޮރު ވެސް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

MALDIVE GASAllied Insurance
އިތުރަށް