logologologologo
STO
ޚަބަރު

ޙައްޖަށް ދިއުމަށް ހޭދަކުރަން ޖެހެނީ ޙަލާލު ފައިސާ ކަމަށް ޚުޠުބާގައި ވިދާޅުވެއްޖެ

ޙައްޖަށް ދިއުމަށް ހޭދަކުރަން ޖެހެނީ ޙަލާލު ފައިސާ ކަމަށް ޚުޠުބާގައި ވިދާޅުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 08

ޙައްޖަށް ދިއުމަށް ހޭދަކުރަން ޖެހެނީ ޙަލާލު ފައިސާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ހެޔޮ ގޮތުގައި ވެވޭ ޙައްޖުގެ މައްޗަށް މިއަދު އިއްވި ޚުޠުބާގައި ވިދާޅުވީ ޙައްޖުވުމަށްޓަކައި ކުރަންޖެހޭ ޚަރަދުތަކާއި އާންމުކޮށް ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ކުރާ ޚަރަދުތަކަކީ ޙަލާލު ގޮތުގައި ހޯދާފައިވާ މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާޏްޖެހޭ ކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ ހެޔޮގޮތުގައި ވެވޭ ޙައްޖެއް ކަމުގައި ތިމާގެ ޙާއްޖު ހުމަށްޓަކައި ޙައްޖަށް ދިއުމުގެ ކުރީގައި ވެސް ކުރަންޖެހޭ ކަންތައްތަކެއް ވާ ކަމަށާއި އެގޮތުން އިޚްލާޞްތެރި ތައުބާއަކުން ތައުބާވާންޖެހޭ ކަމަށެވެ. އަދި ތިމާގެ ދަރަންޏާއި ލިބެންހުރި ތަކެތި ލިޔެފައި ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޙައްޖު އަދާކުރުމަށް ކެރިކުޅަދާންވެއްޖެ މީހާ އުމުރުން އެއް ފަހަރު ޙައްޖުވުމާއި ޢުމްރާ ވުމަކީ ވާޖިބު ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އެއްފަހަރަށްވުރެ ގިން ފަހަރު ކުރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި ޙައްޖު އަދާކުރުމަށް ކެރިކުޅަދާނަވުމަކީ އެކަމަށް ޞިއްޙީ ގޮތުން ކެރިކުޅަދާނަވުމާއި ޚަރަދު ކުރުމުގެ ގޮތުން ކެރި ކުޅަދާނަވުމާއި މަގުއަމާންވުން ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ހެޔޮގޮތުގައި ވެވޭ ޙައްޖަށް އަރަހުށި ހުސްޠާހިރުވަންތަ ﷲ ދެއްވާ ޘަވާބަކީ ސުވަރުގެ ކަން ޝަރުޢީ ދަލީލުތަކުން ސާބިތުވާ ކަމަށެވެ.

ޙައްޖަށް ނުވަތަ ޢުމްރާއަށް ދާ މީހާ މި މަތިވެރި އަޅުކަން އަދާކުރާ ގޮތާއި މި އަޅުކަމުގެ ޙުކުމްތައް އުނގެނި ދަސކުރަންޖެހޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

MALDIVE GASAllied Insurance
އިތުރަށް