logologologologo
STO
ޚަބަރު

ހަނގާކޮށް ފުރައްސާރަކޮށް ހުތުރު ނަންތަކުން ގޮވުން އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވާފައި: ޚުޠުބާ

ހަނގާކޮށް ފުރައްސާރަކޮށް ހުތުރު ނަންތަކުން ގޮވުން އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވާފައި: ޚުޠުބާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 01

ހަނގާކޮށް ފުރައްސާރަކޮށް ހުތުރު ނަންތަކުން ގޮވުން އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމަށްް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ނަފްސާއި އަބުރަށް ރައްކާތެރިވާށެވެ" މި ސުރުޙީގެދަށުން މިއަދު އިއްވި ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ޙުރުމަތްތެރިވެގެންވާ ކަމަށާއި އެހެންވެ ހަނގާކޮށް، ފުރައްސާރަކޮށް، ހުތުރު ނަންތަކުން ގޮވާ، މަލާމާތް ކުރުން ވަނީ އިސްލާމް ދީނުގައި ޙަރާމްކޮށްފައި ކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ ގަނާ ކުރުމަކީ މިއަދު ފެތުރެމުން އަންނަ ވަބާއެއް ކަމަށާ އޭގެ ސަބަބުން މަރުވާ މީހުންނާއި ކުޑަ ކުދިންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ. މީހަކަށް ނަފްސާނީ އަދި ޖިސްމާޏީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ އިސްލާމް ދީނުގައި އެއްވެސް މީހަކަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ވެސް އަނިޔާވެރިވުމެއް ނުވާ ކަމަށާއި އަމިއްލަ ނަފްސަކީ އެއާއިމެދު ބޭނުންގޮތަކަށް ޢަމަލުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެ ނަފްސުގެ ވެރި ފަރާތަކީ މާތްﷲ ކަމަށާއި ނަފްސަކީ އަމާނާތެއް ކަމަށާއި އަމާނާތަށް ގެއްލުން ދިނުން ޙާރާމްވެގެންވާ ކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ކަމަށެވެ.

މުޞީބާތް ޖެހުމުން ކެތްތެރިވާންޖެހޭ ކަމަށާއި، މާތް ﷲ ސ.ވ.ތ.ގެ ވަޙީ ބަސްފުޅެއްގައިވާ ކަމަށް ޚުޠުބާގައި ވިދާޅުވީ "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނު ކަމުގެ ތެރެއިން ކަމެއް މެދުވެރި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ." މިފަދައިންނެވެ.

ރަސޫލުﷲ ޞ.ޢ.ވ. ޙަދީޘް ކުރެއްވި ކަމަށް ޚުޠުބާގައި ވިދާޅުވީ "އަދި އެއްޗެއް ބޭނުންކޮށްގެން އަމިއްލަ ނަފްސު ޤަތލުކުރި މީހާއަށް، ނަރަކާގައި އޭއްޗަކުން ޢަޒާބުދެއްވޭ ހުއްޓެވެ." މިފަދައިންނެވެ.

ޚުޠުބާގައި ވަނީ، ދުނިޔެ ބަވަނަވަމުން އަންނައިރު ކުރިމަތިވާ ގޮންޖެހުންތަކަށް ޖެހިލުންވެ ހިމޭން ނުވުމަށާއި ފިސާރި ކެރިގެން އެކަންކަމާ ދެކޮޅާށް ތެދުވުމަށް ޒުވާނުންނަށް ގޮވާލައްވައިފައެވެ. އަދި ޤާނޫނާއި ޤަވާޢިދުތަކުގެ އެހީގައި ގަނާކުރުންފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކަށް ވެސް ޚުޠުބާގައި ގޮވާލެއްވިއެވެ.

 

 

MALDIVE GASAllied Insurance
އިތުރަށް