logologologologo
STO
ޚަބަރު

ޙުރުމަތްތެރި ކުރެއްވި ހަތަރު މައްސަރުގައި ކުރާ ހެޔޮ ޢަމަލުގެ ދަރުމަ އިތުރުކުރެއްވި: ޚުޠުބާ

ޙުރުމަތްތެރި ކުރެއްވި ހަތަރު މައްސަރުގައި ކުރާ ހެޔޮ ޢަމަލުގެ ދަރުމަ އިތުރުކުރެއްވި: ޚުޠުބާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 10

ޙުރުމަތްތެރި ކުރެއްވި ހަތަރު މައްސަރުގައި ކުރާ ހެޔޮ ޢަމަލުގެ ދަރުމަ އިތުރުކުރެއްވި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ މައްޗަށް މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ ބައެއް ވަގުތުތަކާއި މައްސަރުތައް ޚާއްޞަ ކުރައްވާ މަތް ކުރެއްވީ އަޅުތަކުން އެކަލާނގެ ޙަޟުރަތަށް ކުއްތަން ކުރެއްވުމަށްޓަކައްޔާއި މާތްﷲ ގެ ޝިޢާރުތައް މަތިވެރިކޮށް، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި ކަމަށެވެ.

މާތްﷲގެ ވަޙީ ބަސްފުޅެއްގެ މާނާގައިވާ ކަމަށް ޚުޠުބާގައި ވިދާޅުވީ "ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި އަހަރެއްގެ މައްސަރުތަކުގެ އަދަދަކީ، ﷲ ގެ ޙަޟުރަތުގައި 12 މަހެވެ. އޭގެތެރެއިން 4 މަސް ޙުރުމަތްތެރިވެގެންވެއެވެ. އެއީ ޙައްޤު ތެދު ދީނެވެ. ފަހެ އެ މައްސަރުތަކުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ." މިފަދައިންނެވެ.

އިސްވެ ދެންނެވުނު އާޔަތުގެ ތަފްޞީރުގައި އިބުނު ޢައްބާސް ރ.ޢ. ވިދާޅުވި ކަމަށް ޚުޠުބާގައި ވިދާޅުވީ "ފާފަތަކަށް އަރައިގަތުމުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރި ނުވުމަށް، މާތްﷲ އަންގަވާފައިވަނީ އަހަރުގެ 12 މަސްދުވަހުގައެވެ. ފަހެ މީގެތެރެއިން 4 މަސް ޚާއްޞަ ކުރައްވާ ޙުރުމަތްތެރި ކުރައްވާ މަތިވެރިކުރެއްވިއެވެ. އަދި އެ މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑު ކުރެއްވިއެވެ. އަދި ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުކުރެއްވިއެވެ." މިފަދައިންނެވެ.

މާތް ރަސޫލުﷲ ޞ.ޢ.ވ. ގެ ޙަދީޘް ބަސްފުޅެއްގައިވާ ގޮތުން، އަހަރުގެ ތެރޭގައި އަންނަ ޙުރުމަތްތެރިވެގެންވާ 4 މަހަކީ، ވިދިވިދިގެން އަންނަ 3 މަސް ކަމުގައިވާ ޛުލްޤައިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމް މަހާއި އަދި ރަޖަބް މަސް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މިފަދަ މަތިވެރި މައްސަރަކާއި ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށް ވަނީ އަޅުކަމުގައި ހީވާގިވުން ކަމަށާއި އެއީ މާތްﷲ ހަނދުމަކޮށް ގިނަގިނައިން ޛިކުރުކުރުމާއި ދުޢާކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ތަސްބީޙައާއި ތަޙުމީދާއި ތަކުބީރު ކިޔުން ފަދަ ދުލުންކުރެވޭ އަޅުކަންތައް ކުރުން ގިނަކުރުމާއި ހެޔޮ ޢަމަލު ގިނަ ކުރުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

MALDIVE GASAllied Insurance
އިތުރަށް