ޓެޓޫ ޖެހުން، ބުމަހެދުން ފަދަ ސިފަ ބަދަލުވާ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަމެއް: ޚުޠުބާ

ޓެޓޫ ޖެހުން ބުމަހެދުން ފަދަ ސިފަ ބަދަލުވާ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ސާފުޠާހިރުކަމާއި ޒީނަތްތެރިކަމުގެ މައްޗަށް މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ ޒީނަތްތެރިވުމުގެ ނަމުގައި މާތްﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެއް ކަމަށެވެ. އެގޮތުން ޓެޓޫ ޖެހުމާއި ބުމަހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނި ކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުންފަދަ ކަންކަން ކުރުމަކީ މާތްﷲގެ ލަޢުނަތްހުރި ކަންކަން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ސިފަ ބަދަލު ކުރުމުގެ ނުބައި ކަމާއިބެހޭ ގޮތުން މާތް ނަބިއްޔާ ޞ.ޢ.ވ. ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވާކަމަށް ޚުޠުބާގައި ވިދާޅުވީ "ޓެޓޫ ޖަހައިދޭ އަންހެނުންނާއި ޓެޓޫ ޖަހައިދެވޭ އަންހެނުންނާއި ބުމް އުފުރައި ނުވަތަ ބުމަ ބައިލައިދޭ އަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބައިލައިދެވޭ އަންހެނުންނާއި އަދި ރީތިކަން ދެއްކުމަށްޓަކައި މެދު ދެ ދަތް ދުރުކުރާ އަންހެނުންނާއި ﷲގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް މާތްﷲ ލަޢުނަތްލެއްވިއެވެ." މިފަދައިންނެވެ.
މިކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެއްވެސް ތަފާތެއް ނެތް ކަމަށާއި ކުޅިވަރުގެ މައިދާނުގައި ނަމަވެސް ޢައުރަ ކަޝްފު ނުކުރުމަށް ޚުޠުބާގައި ފިރިހެނުންނަށް ހަނދާންކޮށް ދެއްވާފައިވެއެވެ.
ޚުޠުބާގައި ވިދާޅުވީ ހެދުންއެޅުމުގައި ވެސް ބޮޑެތި ކުށްތަކަށް އަރައިގަންނަމުން އަންނަ ކަމަށާއި ބުރުގާއެޅުމުގެ އަޞްލު މަޤްޞަދަކީ ޢައުރަ ނިވާކުރުމާއި ޢިއްފަތްތެރިވެ އަބުރުވެރިވުން ކަމުގައިވީ ނަމަވެސް ބުރުގާ އަޅައިގެން ތިބޭއިރު ކަންފަތުލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުންއެޅުމަކީ ޙިޖާބުގެ މަޤްޞަދު ގެއްލޭކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މީގެއިތުރުން ހަށިގަނޑުގެ ވަނާތަށް އެނގޭ ގޮތަށް ގަޔަށް ބާރު ހެދުންލައި ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ މިއަދުގެ ޒަމާނީ ވަޞީލަތްތަކާއެކު ސާފުތާހިރުވުމުގެ ނަމުގައި ދީނީ އިންތަކުން ބޭރުވާތަން ފެންނަ ކަމަށާއި އެގޮތުން އެންމެ ނުރައްކާތެރި އެއް ކަމަކީ ސެލޫންތަކަށް ގޮސް ވެކްސްކުރުން ފަދަ ކަންކަން ކުރުމަށް ތިމާއަށް ހުއްދަ ނޫން ފަރާތްތަކުގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ކަމަށާއި އެއީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އިސްލާމް ދީނަކީ ރީތިކަމަށް ލޯބިކުރާ އަދި ޒީނަތްތެރިވުމަށް ހިތްވަރު ދޭ ދީނެއް ކަމަށާއި އެހެންކަމުން ފޭރާމާއި ގެދޮރާއި ތިމާގެ ބޭރުފުށް ސާފުތާހިރުކޮށް ބެހެއްޓުމާއިއެކު މާތްﷲ އެންގެވި ގޮތަށް ޢަމަލުތައް ބެހެއްޓުމަކީ އެތެރެފުށުގެ ސާފުޠާހިރުކަން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)
