logologologologo
STO
ޚަބަރު

ނަޝީދު އިސްތިއުފާދިން ފަދައިން ޕީއެންސީގެ މަޖިލިސް މެންބަރުން އިސްތިއުފާދޭން ނަޝީދު ގޮވާލައިފި

ނަޝީދު އިސްތިއުފާދިން ފަދައިން ޕީއެންސީގެ މަޖިލިސް މެންބަރުން އިސްތިއުފާދޭން ނަޝީދު ގޮވާލައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޭޕްރީލު 26

ރާއްޖޭގެ ރައީސް ކަމުން 2012 ވަނަ އަހަރު އެމަނިކުފާނު އިސްތިއުފާދިން ފަދައިން ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން އިސްތިއުފާދީ ގޮނޑި ދޫކޮށްލަންކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ. 

އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ޕީއެންސީގެ މެންބަރުން ސަރުކާރާ ދުރަށްޖެހި އިސްއުފާދިނުމަށް ގޮވާލާފައެވެ. ނަޝީދުގެ ވަނީ ވެރިކަމުގެ ދައުރު ނިމުމުގެ ސަރުކާރުން ވައްޓާލަން އުޅެން ޖެހޭފަދަ މޭރުމަކުން ވެސް އެ ގަލްސާގައި ވާހަކަ ދައްކަވާފަ އެވެ. އެހެން ނަމަވެސް ވެރިކަމުގެ ދައުރު ހަމަނުވަނީސް ވެރިކަން ބަދަލުކުރުމާ އަބަދުވެސް އެންމެ ބޮޑަށް ދެކޮޅު ހައްދަވަމުން މީގެކުރިން އައި އެއްބޭފުޅަކީ އެމަނިކުފާނެވެ.

"އަޅުގަނޑު ޕާޓީގެ ޗެއާޕާސަން ކަމާ ހަވާލު މިވަނީ، ހަވާލުވުމަށް އަޅުގަނޑު އެދެނީ، އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރު ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެއް. [މުއިއްޒުގެ] ސަރުކާރު ބަދަލުނުވެ 2028 ވަނަ އަހަރު އަތުވެއްޖެނަމަ، އެއީ މި ދިވެހިރާއްޖެއަށް އަޅުގަނޑު ދެކޭ ގޮތުގައި ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަންނަނީ އެމްޑީޕީ ރޫޅާލާނެކަމަށް ބުނި ވާހަކަ "އުނބަށް ޖެހުމަށްފަހު" އެޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް ކެމްޕޭނު ކުރަމުންނެވެ. އެމަނިކުފާނާ ވާދަކުރަނީ ގަލޮޅު ދެކުނު ދާއިރާގެ ޒުވާން މެންބަރު މީކާއިލް ނަސީލް އެވެ. ނަޝީދު ހުރީ ޕާޓީގެ ކޮންޓްރޯލް ނަގަން ބޭނުންވެފައި ކަމަށާއި ޒުވާނުންނަށް ފުރުސަތު ނުދޭގޮތަށް ކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

 

MALDIVE GASAllied Insurance
އިތުރަށް