ނަޝީދަށް ޤައުމީ މަޖިލީހުން ގޮނޑިއެއް ދޭން އެމްޑީޕީގެ އަސާސީ ޤަވާޢިދު ބަދަލު ކުރަނީ

ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއަށް، އެމްޑީޕީގެ ޤައުމީ މަޖިލީހުން ގޮނޑިއެއް ދޭން އެމްޑީޕީގެ އަސާސީ ޤަވާޢިދު ބަދަލު ކުރަން އެ ޕާޓީގެ ޤައުމީ މަޖިލީހުން މިރޭ ނިންމައިފިއެވެ.
ނަޝީދުއަށް ޤައުމީ މަޖިލީހުން ގޮނޑިއެއް ދޭން ނިންމީ އެ ޕާޓީގެ އެތެރޭގެ ފެކްޝަންތަކުގެ މެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު ހުށަހެޅި ކަންކަމާ ގުޅިގެން މިރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޤައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި ހުށަހެޅި ޤަރާރުގައި ވަނީ ކުރީގެ ރައީސުންގެ ހައިސިއްޔަތުން ނަޝީދާއި މިހާރު ވެސް އެޑްވައިޒަރެއްގެ ގޮތުގައި ޤައުމީ މަޖިލީހުގައި އިންނަވާ އިބްރާހިމް މުޙައްމަދު ޞާލިޙް މެމްބަރުންގެ ގޮތުގައި ކަނޑައަޅަން ފާސްކޮށްފައެވެ.
ރައީސް ޞާލިޙްއާ ރައީސް ނަޝީދު ޤައުމީ މަޖިލީހުގައި ހިމަނަން، އެ މަޖިލީހުން ވަނީ އެމްޑީޕީގެ އަސާސީ ޤަވާޢިދު ބަދަލުކުރަން ނިންމާފައެވެ. އަދި މި ބަދަލަށް ރުހުން ހޯދާނީ ދެން އެންމެ އަވަހަށް ބާއްވާ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅައިގެންނެވެ.
މީގެއިތުރުން މިރޭގެ ބައްދަލުވުމުގައި ޗެއާޕާސަންއަށް ލަފާ ދޭން އެކުލަވާލާ ކޮމިޓީގެ މެންބަރުން ވެސް ކަނޑައަޅައިފައެވެ. މި ކޮމިޓީގައި ތިއްބަވަނީ: ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ވަގުތީ ޗެއާޕާސަން، ޢަބްދުލްޣަފޫރު މޫސާ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ޕީޖީ ލީޑަރު، އިބްރާހިމް ނާޒިލް، ކުރީގެ ޗެއާޕާސަން، ފައްޔާޒު އިސްމާޢީލްއެވެ.
މީގެއިތުރުން ކުރީގެ ރައީސް ޞާލިޙާއި ރައީސް ނަޝީދު، އެމްޑީޕީގެ އެޑްވައިޒަރުންގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުމެއް މިފަހުން ފެށިފައިވަނީ އޭޕްރީލް 4 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބަށްފަހުގައި ކަން ފާހަގަ ކުރެވެއެވެ. މީގެކުރިން ވެސް 2023ގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އެމްޑީޕީގެ އެތެރޭގެ ކޯޅުމެއްގައި ނަޝީދުއާއިއެކު އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ ގިނަ ބަޔަކު އެޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް ވެސް އުފެއްދިކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
