އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ފަސްކުރަން ހުށަހަޅައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ފަސްކުރަން ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ޤައުމީ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ހުށަހެޅުއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ، ގަޕޯއެވެ.
ގަޕޯ މިގޮތަށް ހުށަހެޅުއްވީ އެ ދެ އިންތިޚާބު ބާއްވަން ފައިސާ ނެތުމުންނާއި އެ ދެ އިންތިޚާބު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަޙަތު ގެއްލިދާނެ ކަމަށް ބުނެއެވެ.
މި ވަގުތު އެ 2 އިންތިޚާބު ބާއްވައިފިނަމަ މަސްލަޙަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް ހުރަސްއެޅޭނެ ކަމަށްބުނެ، މި މެސެޖް ގަޕޯ ފޮނުއްވާފައި ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށެވެ.
"ވީމާ އަޅުގަނޑު މި ހުށަހަޅަނީ ޕާޓީގެ ހިންގުމަށްޓަކައި އިސްފަރާޓްތައް ވާހަކަ ދައްކާ އިންޓަރީމް އެރޭންޖަމަންޓެއް (އަޅުގަނޑު ނުހިމަނާ) ދިއުމަށެވެ. އަދި އެކަން ޤައުމީ މަޖިލިސްއަށް ހުށަހަޅާ ފާސްކުރުމަށް" ގަޕޯގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ފައިސާ ނެތިގެން އިންތިޚާބުތައް ފަސްކުރުމަށް ގަޕޯ އެދިފައިވާއިރު، އޭނާ ވިދާޅުވީ މި އަހަރު ސަރުކާރުން ލިބެންޖެހޭ ފައިސާ އެމްޑީޕީއަށް އަދިވެސް ނުލިބޭ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު އަންނަ ޖޫން މަހު ބާއްވަން ނިންމާފައިވާއިރު، އެ މަޤާމަށް ކުރިމަތިލައްވާނެކަން އިޢުލާނު ކުރައްވާފައިވާ ދެބޭފުޅުން ކަމުގައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ގެންދަވަނީ ކެމްޕޭނު ކުރައްވަމުންކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
