logologologologo
STO
ޚަބަރު

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއަށް ވަދެ މޭޔަރު އާޒިމަށް ހަމަލާދީފި

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއަށް ވަދެ މޭޔަރު އާޒިމަށް ހަމަލާދީފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 24

މާލޭގައި އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއަށް ވަދެ މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދީފިއެވެ.

މި ހަމަލާގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާޏްމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާން ފިރިހެނަކު އައިސް އާޒިމް ކޮށްޕާލާ މަންޒަރެވެ. އެމްޑީޕީގެ މި މުޒާހަރާގެ ކުރީ ސަފުގައި ތިބި ބައިވެރިން ވަނީ އެ ޒުވާނާ ކޮއްޕާ ދުރަށް ޖައްސައިފައެވެ.

މޭޔަރަށް ދިން މި ހަމަލާއާއި ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ހަމަލާ ހަރުކަށި އިބާރާޓުން ކުށްވެރި ކުރައްވާ އެ ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް، މޭޔަރު އާޒިމަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް ގޮވާލައްވައިފައެވެ.

 

 

މިރޭގެ މުޒާހަރާ ކުރިއަށް ގެންދިޔައީ މޭޔަރު އާޒިމް އިސްވެ ހުންނަވައިގެންނެވެ.

މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށެވެ.

ސަރުކާރާ ދެކޮޅަށް އެމްޑީޕީން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތައްކެއް ކުރަމުންކަން ފާހަގަކުރެވެއެވެ.

 

MALDIVE GASAllied Insurance
އިތުރަށް