logologologologo
STO
ޚަބަރު

މިނިސްޓަރ އިހުސާންއަށް އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުންގެ ރުހުން ލިބުމުން "އަންނި ފެކްޝަން" ރަތަށް !

މިނިސްޓަރ އިހުސާންއަށް އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުންގެ ރުހުން ލިބުމުން "އަންނި ފެކްޝަން" ރަތަށް !
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޭޕްރީލު 30

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން އަށް އެމްޑީޕީއަށް ނިސްބަތްވާ ގިނަ ރައްޔިތުންގެ މަޖިލިސް މެންބަރުން ތާއީދުކޮށް ރުހުން ދެއްވުމުން ކުރީގެ ރައީސް، މުޙައްމަދު ނަޝީދުގެ ފެކްޝަން ނުވަތަ ނަޝީދުއަށް ތާއީދު ކުރައްވާ މީހުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް މުއިއްޒު އަލުން އެކުލަވާލި ކެބިނެޓަށް ރުހުން ދިނުން ކުރިއަށް ގެންގޮސްފައެވެ. އެ ޖަލްސާގައި ރުހުން ދިނުމުގެ ވޯޓުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވިދާޅުވެފައެވެ.

ކެބިނެޓްގެ ހުރިހާ ވަޒީރުންނަށް ރުހުން ދެއްވާފައި ވާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން އަމާޒުވެފައިވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގިނަ ރައްޔިތުންގެ މަޖިލިސް މެންބަރުން ތާއީދުކޮށް ރުހުން ދެއްވުމުންނެވެ. ވަޒީރުންގެ ތެރެއިން އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ރުހުން ނުދިނުމަށް އެމްޑީޕީގެ 2 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ވޯޓުގައި ބައިވެރިވެފައިވަނީ ނުވަނީ 2 މެމްބަރުންނެވެ.

މިކަމާ ގުޅިގެން ނަޝީދުގެ ސަޕޯޓަރުން އަންނަނީ ހިތްހަމަނުޖެހުން ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލާފަ އެވެ. އަދި އެމީހުންގެ އަމިއްލަ ޕާޓީގެ މެންބަރުން ވަރަށ ބޮޑަށް އެމީހުން އަންނަނީ ފާޑު ކިޔަމުންނެވެ.

މިނިސްޓަރ އިހުސާންއަށް ރުހުން ދޭން ތާއީދުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ:

  1. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު
  2. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
  3. ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ގަފޫރް މޫސާ (ގަޕޯ)
  4. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ)
  5. ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
  6. ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
  7. މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު
  8. މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

 

 

މިކަމާ ހިތްހަމަނުޖެހިގެން އެފެކްޝަނުން އަންނަނީ ވަގުތީ ޗެއާޕާސަން ގަޕޯގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.

 

 

އިހުސާނަށް ރަައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ތާއިދުކޮށް ވޯޓު ދެއްވުމުން އެނގެނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ތާއިދުކުރާކަން ކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ޝުޖާއު މިއަދު ވަނީ ވިދާޅުވެފައެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، އިހުސާނަށް އެމްޑީޕީން ތާއިދުކޮށް ވޯޓު ދެއްވުމުން ދިވެހިންގެ މުއައްސަސާ ހަރުދަނާކޮށް އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައި ދެއްވުމަށާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަށް އިދިކޮޅު ތާއިދު އޮތްކަން ހާމަވާ ކަމަށެވެ.

 

 

MALDIVE GASAllied Insurance
އިތުރަށް