ޓްރަމްޕު ބައިވެރިވި ހަފްލާއެއްގައި ބަޑިޖަހައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ" ވޮޝިންޓަންގެ ހޮޓަލެއްގައި ކުރިއަށް ދަނިކޮށް އެތަނުގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ދިނުމުން ޓްރަމްޕު އެތަނުން ނެރެފި އެވެ.
ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ" ގެ ތެރެއިން ބާރުގަދަ އަޑުތަކެއް އިވެން ފެށުމާ އެކު، ހަފްލާގެ ބައިވެރިން ވަނީ ރައްކާތެރިކަން ހޯދުމަށް މޭޒުތަކުގެ ދަށަށް ވަދެފަ އެވެ. މި ހާދިސާ ހިނގި ވަގުތު ސީކްރެޓް ސާވިސްގެ ހާއްސަ ފައުޖުތަކުން ވަނީ ހަތިޔާރާ އެކު ސްޓޭޖްގެ ކޮންޓްރޯލް ނަގައި، ރައީސް ޓްރަމްޕް ވަގުތުން އެތަނުން ނެރެފަ އެވެ.
މި ހާދިސާގައި ރައީސް ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުވެ ހޮޓަލުން ވަނީ ނެރެގެން ގެންގޮސްފަ އެވެ. ސީކްރެޓް ސާވިސްއާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، ހަމަލާދިން ކަމަށް ބެލެވޭ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މި ހާދިސާގައި އެކަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، އެކަމުގެ ތަފްސީލެއް އަދި ރަސްމީ އިދާރާތަކުން ހާމައެއް ނުކުރެ އެވެ.
އިތުރަށް





.gif.gif&w=828&q=100)
