ޓްރަމްޕު އާއި ބައްދަލުކުރީ ޕުޓިންގެ ބޮޑީ ޑަބަލްއެއް ؟

އެލެސްކާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު އާއި ބައްދަލު ކުރެއްވީ ރަޝިއާގެ ރައީސް ވްލަޑިމިޔަރ ޕުޓިންގެ "ބޮޑީ ޑަބަލް" އެއް ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މިވާހަކަ އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ގަދަޔަށް ދައުރުވަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ ތަކުގައި ޕުޓީންގެ އަމލުތައް އޭނާގެ އަމަލުތައް އާންމުކޮށް ގެންގުޅޭ ގޮތާ ތަފާތު ގޮތްގޮތަށް ގެންގުޅެފައިވާތަން ފެނެއެވެ. ހިންގަވާއިރު އެއް ނުހަލުވަ ހިންގަވާ ޕުޓިން، ޓްރަމްޕުއާއި ދިމާވިވަގުތުކޮޅު ހިންގެވީ ދެއަތް ވެސް އެއްވަރަށް ހަލުވަމުންކަން ފާހަގަ ކުރެވުނެއެވެ. މިއީ މީގެ ކުރިން ޕުޓިންގެ ފަރާތުން ފެނިފައިނުވާ އަމަލެކެވެ.
މީގެ އިތުރުން ޕުޓުންގެ މޫނުމަތިންވެސް ތަފޓުތަކެއް ފެންނަ ކަމުގައި ގިނަ ބަޔަކު ބުނެފައިވެއެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމުގައި ވެސް ޕުޓިންގެ އަމަލުތައް ހުރި ގޮތްވެސް ވަނީ ގިނަބައެއްގެ ސަމާލުކަމަށް އައިސްފައެވެ. ނޫސްވެރިންގެ ސުވާލުތައް އަޑު ނީވޭ ކަމަށް އިޝާރާތުން ވެސް އެކިފަހަރު މަތިން ވަނީ ދައްކާލާފައެވެ.
ޕުޓިންގެ އާދަޔާ ހިލާފު އަމަލުތައް ހުރިގޮތުން ޓްރަމްޕު އާއި ބައްދަލު ކުރެއްވީ ޕުޓިންގެ "ބޮޑީ ޑަބަލް" އެއް ކަމަށް ވަރަށް ގިނަ މީހުން ވަނީ ސުވާލު އުފައްދަން ފަށާފައެވެ.
އިތުރަށް





.gif.gif&w=828&q=100)
