logologologologo
STO
ދުނިޔެ

ބަޑީގެ ހަމަލާއެއްގައި ޑޮނަލްޑް ޓްރަމްޕްގެ ކަންފަތަށް ވަޒަން އަރައި ޒަހަމްވެއްޖެ

ބަޑީގެ ހަމަލާއެއްގައި ޑޮނަލްޑް ޓްރަމްޕްގެ ކަންފަތަށް  ވަޒަން އަރައި ޒަހަމްވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2024 ޖުލައި 14

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހޮނިހިރު ދުވަހު ބޭއްވި އެއްވުމެއްގެ ތެރޭ މީހަކު ބަޑިން ހަމަލާދޭން މަސައްކަތްކޮށްފި އެވެ.

ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޓްރަމްޕް އަވަހާރަކޮށްލުމަށް ދިން ކަމަށް ބެލެވޭ މި ހަމަލާގައި ވަޒަން އެރީ އޭނާގެ ކަންފަތަށެވެ. އެ ޒަހަމުން އައި ލޭ ޓްރަމްޕްގެ މޫނުމަތިން އޮހޮރެމުންދިޔަ މަންޒަރު ފެނުނެވެ.

ބަޑިޖެހުމާ އެކު ޓްރަމްޕް ވަނީ ރައްކާތެރިކަން ހޯއްދެވުމަށް ޕޯޑިއަމްގެ ފަހަތަށް ތިރިވެވަޑައިގެންފަ އެވެ. އަދި ސެކިއުރިޓީ އޭޖެންޓުން ވަގުތުން އޭނާ ވަށާލައި އެތަނުން ގެންދިޔުމުގެ ކުރިން، އަތް މައްޗަށް ނަންގަވައި ސަޕޯޓަރުންނަށް ހިތްވަރުދެއްވި އެވެ.

ރަސްމީ އިދާރާތަކުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން ގެންދަނީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ބަޑީގެ އަޑުފައްގަނޑާ އެކު ޓްރަމްޕް އޭނާގެ ކަނާތްފަރާތު ކަންފަތް މަތީ އަތް އެޅުއްވި އެވެ. އެއާ އެކު މޫނުމަތީގައި ލޭ ހުއްޓާ ފެނުނެވެ.

MALDIVE GASAllied Insurance
އިތުރަށް