ހަނގުރާމައާއި ގުޅިގެން އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފި

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، 2026 ފެބުރުވަރީ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވާފައިވާ ކަމަށެވެ.
މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.
މި ބަދަލާއެކު ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
1. އަލްފާޟިލް މޫސާ ޒަމީރު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް (ޗެއަރ)
2. އަލްފާޟިލާ އިރުތިޝާމް އާދަމް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް
3. އަލްފާޟިލް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
4. އަލްފާޟިލް އަޙްމަދު ޝިޔާމް، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
5. އަލްފާޟިލް މުޙައްމަދު އަމީން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި ޚާއްޞަ ކޮމިޓީން ކޮންމެ ހަފުތާއަކު ވެސް ހަނގުރާމައާއި ގުޅިގެން، ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކުން ސަލާމަތް ކުރުމަށްސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ހިއްސާ ކުރައްވާ ނޫސްވެރިންގެ ބައްދަލުވުން ބާއްވައެވެ.
އިތުރަށް





.gif.gif&w=828&q=100)
