މީޑިއާތަކާއި ޖަމިއްޔާތަކުގެ މެންޑޭޓު އަނބުރާ ހޯމް މިނިސްޓްރީގެ ދަށަށް

މީޑީއާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެންޑޭޓް އަނެއްކާ ވެސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފިއެވެ.
ހޯމް މިނިސްޓްރީގެ ދަށަށް މީޑިއާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެންޑޭޓު ބަދަލުކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ބައެއް ވުޒާރާތައް އެއްކޮށްލައި، އަލުން އެކުލަވާލި ކެބިނެޓާއެކުއެވެ. އެގޮތުން ކުރިން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ނަން ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ނުވަތަ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއަށް ބަދަލުކުރައްވާފައެވެ. މިއާއެކު މިނިސްޓްރީގެ މެންޑޭޓަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.
މިނިސްޓްރީގެ ނަން ބަދަލުކޮށް ރައީސް އޮފީހުން އާންމު ކުރި ތަފްސީލުގައި ވެސް ވަނީ ޖަމިއްޔާ ޖަމާއަތްތަކުގެ މެންޑޭޓު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
ރައީސް އޮފީހުގެ ލިޔުމުގައިވާ ގޮތުން ރާއްޖޭގެ ޕްރިންޓް މީޑިއާ އާއި އިލެކްޓްރޯނިކް މީޑިއާ ތަރައްގީ ކުރަން ބޭނުންވާ ސިޔާސަތު ކަނޑައަޅައި، އެ ދާއިރާ ކުރިއަރުވަން މަގުފަހިކޮށްދިނުމަކީ ހޯމް މިނިސްޓްރީގެ ޒިންމާ އެކެވެ.
މި ސަރުކާރު އުފެދުނުއިރު މިނިސްޓްރީތަކުގެ އަދަދަކީ 20 ކަމަށް ވިޔަސް މިދިޔަ އަންގާރަ ދުވަހު ވަނީ އެ އަދަދު 15 އަށް ދަށްކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)
