އޮޕަރޭޝަން އަލިމަގު: ޑްރަގްގެ ބޮޑު ނެޓްވޯކެއްގެ އިސް ބަޔަކު އައްޑޫން ހައްޔަރުކޮށްފި

އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ނެޓްވޯކެއްގެ ބޮޑުންތަކެއް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސްމީހުން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އަލިމަގު" އޮޕަރޭޝަންގެ ދަށުން ފުލުހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށްވަނީ ހޯދިފައި ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ފާއިތުވި ފަސް އަހަރު އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ.
ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން ހިންގަމުން އަންނަ މި ހާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވަކިން ޓާގެޓްކުރާ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.
މަަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އަމާޒުކޮށްގެން ހިންގާ "އަލިމަގު" އޮޕަރޭޝަނުގައި މީގެ ކުރިން ވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެތެރެއިން ބައެއް މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
އިތުރަށް





.gif.gif&w=828&q=100)
