logo
logo
އައްޑޫ ކާރު އެކްސިޑެންޓެން: ހާލު ސީރިއަސްވި ޑްރައިވަރު މާލެއަށް، އޮތީ ވެންޓިލޭޓަރުގައި!

އައްޑޫ ކާރު އެކްސިޑެންޓެން: ހާލު ސީރިއަސްވި ޑްރައިވަރު މާލެއަށް، އޮތީ ވެންޓިލޭޓަރުގައި!

2026 މާރިޗު 22
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އިއްޔެ އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައިގެން ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާއަށް ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ އެ ހާދިސާ އާއި ގުޅިގެން އެ ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ގެނެސްފައިވަނީ 42 އަހަރު ފިރިހެނެއް ކަމަށެވެ. އެ މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށާއި އައިސީޔޫއަށްލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ވިދާޅުވީ އައްޑޫގައި ބާރު ސްޕީޑްގައި ދުއްވި ކާރެއް ފުރޮޅާލައި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު އިއްޔެ ހަވީރު 16:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް