އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ނިންމަވައިފި

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވާފައިވާ ކަމަށެވެ.
އެމަނިކުފާނު މިފަދައިން ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، (ނަންބަރު 13/2026) ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.
އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
އައްޑޫގެ އިހުތިޞާސްއަށް އެންމެފަހުން ބަދަލު ގެނެސްފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބައެއް ރަށްރަށުގައި ވަކި ރަށު ކައުންސިލްތަކެއް އުފެއްދުމާމެދު އެ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް 25 އޮކްޓޫބަރު 2025 ގައި ބޭއްވުނު ޢާންމު ވޯޓާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރަކާއެކު މި ވޯޓު ނެގުނީ، އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ، އަދި ފޭދޫ ގެ ރައްޔިތުންގެ ފަރާތުން އެ ރަށްރަށުގައި ސިޓީ ކައުންސިލްގެ ބަދަލުގައި ވަކި އިދާރީ ކައުންސިލްތަކެއް އުފައްދައިދިނުމަށް އެދި ހުށަހެޅުމާ ގުޅިގެންނެވެ.
އިތުރަށް





.gif.gif&w=828&q=100)