ރޮބޮޓްގެ އެހީގައި އައިޖީއެމްއެޗްގައި އޮޕަރޭޝަން ކުރަން ތައްޔާރުވަނީ

ރޮބޮޓް ބޭނުންކޮށްގެން އައިޖީއެމްއެޗްގައި ސާޖަރީކުރަން ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް ގެނެސްދީ، އެ ތަކެތި ހަރުކޮށް އަދި މެއިންޓެނެންސްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީވާން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500ރ. ނުވަތަ 100 ޑޮލަރު ދައްކަންޖެހެ އެވެ. އެ އަށް ފަހު، އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހަޅަންޖެހެ އެވެ. ބިޑްތައް ހުޅުވާނީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 1:00 ގަ އެވެ.
މަލްޓި ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ބަލިމީހެއްގެ ހަށިގަނޑަށް 3ޑީ ހައި ޑެފިނިޝަން ކެމެރާއަކާއި ހާއްސަ ރޮބޮޓިކް އިންސްޓްރޫމެންޓްތަކެއް ވައްދައިގެން ގިނަ ކުދި އިންސިޝަންތަކެއް (ޕޯޓް) ބޭނުންކޮށްގެން އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ މިނިމަލީ އިންވޭސިވް މެޑިކަލް ޕްލެޓްފޯމެކެވެ.
އެ ސިސްޓަމް ބޭނުންކޮށްގެން އާއްމުކޮށް ހަދަނީ ކުޑަކަމުދާ ނިޒާމާއި އަންހެނުންގެ އޮޕަރޭޝަންތަކާއި އާއްމު ސާޖަރީ އަދި ތޮރަސިކް ޕްރޮސީޖާތަކެވެ.
އިތުރަށް




.gif.gif&w=828&q=100)