ރީޖަނަލް އެއާޕޯޓްސާއި އެމްއޭސީއެލް އެއްކޮލުމުން މަހަކު 10 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭ

ރީޖަނަލް އެއާޕޯޓްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއާ އެއްކޮލުމުން މަހަކު 10 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މާލީ ވަޒީރު ވަނީ ސަރުކާރުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކުންފުނި، އެމްއޭސީއެލްއާ އެއްކޮށްލުމުގެ ސަބަބުން 10 މިލިޔަން ރުފިޔާ ކޮންމެ މަހަކު ސަލާމަތްކުރެވޭ ކަމަށެވެ. މިއީ ރީޖަނަލް އެއާޕޯޓްސްގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ކުރިން ހޭދަކުރަމުންދިޔަ ފައިސާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންގެ ޚަރަދާއި ކުންފުނި ހިންގުމަށް ޚަރަދު ހަމަޖެއްސުމަށް މަހަކު ޚަރަދުކުރަމުން އައި 10 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވިފައިވޭ. އަދި އެމްއޭސީއެލްގެ އެހީތެރިކަމާއެކު ސަރަހައްދީ އެއަރޕޯޓުތަކުން ލިބޭ އާމްދަނީން އެ އެއަރޕޯޓުތައް ހިންގޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން އަލަށް އުފެއްދި 5 ކުންފުންޏާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން މާލީ ވަޒީރު ވިދާޅުވީ އެ ކުންފުނިތަކުގައި މިހާރު ތިބީ 889 މުވައްޒަފުން ކަމަށެވެ. މީގެ ތެރެއިން 733 މުވައްޒަފުންނަކީ އެސްޓީއޯގެ ފާމަސޫޓިކަލް ބައިގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންގެ ތެރެއިން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަށް ބަދަލުވި މުވައްޒަފުން ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ އަދަދު މަދުކޮށް، ގެއްލުމުގައި ހިންގާ ކުންފުނިތައް މަރުކަޒީކޮށް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް އެއް ކުންފުންޏެއް އުވާލާފައިވާ ކަމަށެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުފެއްދި މަގުސަދު ހާސިލުނުވާތީ އެ ކުންފުނި އުވާލާފައިވާ ކަމަށާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމަށް ނިންމައި، އެކަމަށްޓަކައި ލިކުއިޑޭޓަރަކުވެސް އައްޔަންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އިތުރަށް




.gif.gif&w=828&q=100)